އެންމެ ދެކުނުގައި ހިމެނޭ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ހުވަދޫ އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުން އިތުރުކުރުމުގެ މަޤްޞަދުގައި މަހާސިންތާއެއް ބޭއްވުމަށް ނިންމައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނިގޮތުގައި މި މަހާސިންތާ ކުރިއަށް ގެންދަން ނިންމާފައި ވަނީ "ސައުތް ޓޫރިޒަމް ޑިވެލޮޕްމަންޓް ސިމްޕޯޒިއަމް 2024" ނަމުގައެވެ.
މި މަހުގެ 12 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މި މަހާސިންތާގައި އެ ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމާއި ގުޅުންހުރި ސްކޭޓްހޯލްޑަރުންނާއި، ސިނާއަތުގެ ތަޖުރިބާކާރުން ބައިވެރިވާނެކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މިމަހާސިންތާގެ މަޤްސަދަކީ އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީގެ އިތުރުން ހުވަދު އަތޮޅަށް ބައިނަލްއަޤުވާމީ ކަނެކްޓިވިޓީއަށް އަހައްމިއްޔަތުކަން ދީގެން އެސަރަޙައްދަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއި އަދި މިމަސައްކަތުގެ ތަޖުރިބާކާރުން އެއްތަނަކަށް އެއްވެ މަޝްވަރާކުރުކުރުމެވެ.
މިގޮތުން ފަތުރުވެރިކަން ދެކުނުގައި ތަރައްޤީކޮށް ފުޅާކުރުމަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް އެޅިދާނެ ފިޔަވަޅުތަކާއި އަދި ކުރެވެމުންދާ މަސައްކަތްތައް ފާހަގަކޮށް، އެކަންކަން ތަންފީޒުކުރުމަށް ސާރުކާރުން ކުރު އަދި މެދުރާސްތާގެ ޕްލޭނެއް އެކުލަވާލުމަށް މަގުފަހިކުރެވޭނެކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!