ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފިއެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ވެފައިވާއިރު، ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން ވޭތުކުރީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށްގެން ކަމަށ...
ޔުމްނާ ޢަލީ
ދީނީ ކަންކަމަށް ހޭދަކުރުމަށާއި، މިސްކިތްތަކާއި ވަޤުފު ބިނާތައް ތަރައްޤީކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށްޓަކައި “މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރ...
ޔުމްނާ ޢަލީ
މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. މިއަދުގެ މޫސުން ލަފާކުރެވޭގޮތުގެ މައުލޫމާތު އާންމުކުރަމުން މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ވެސް މެޓުން ބުންޏެވެ. މިއަދު އާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަ...
ޝިއުނާ އާދަމް
ސިނަމާލެ ބްރިޖު ހައިވޭގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ، ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 11 ސެޕްޓެމްބަރު 2026 ވީ ދުވަހުގެ ރޭ 21:13 އެހައިކަންހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި އެއް ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެގެން މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން […]
ޔުމްނާ ޢަލީ
ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ 49 މަޤާމަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ޖުމްލަ 124 ކެންޑިޑޭޓުން ކުރިމަތިލައިފިއެވެ. އެ ޕާޓީން މިހާރު ވަނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްފަހު އާންމުކޮށްފައެވެ. ޕީއެންސީން މަޢުލޫމާތު ދޭ ގޮތުގައި މި މަހުގެ 1 އިން 8 އަށް ހުޅުވާލި މި ފުރުސަތުގައި އެންމެ ގިނަ ބަޔަކު ކުރިމަތިލާފައިވަނީ މަތީ މަޖިލީހުގެ އާންމު މެންބަރުންގެ މަޤާމަށެވެ. އެގޮތުން އާންމު މެންބަރުންގެ 18 މަޤާމަށް 73 ކެންޑިޑޭޓުން […]
ޔުމްނާ ޢަލީ
ރޭ މާލެ ކައިރިން އޮޔާދިޔަ ދެ ބޯޓު ސިނަމާލެ ބްރިޖުގައި ޖެހި ހިނގި ހާދިސާގައި ބްރިޖުގެ މައިގަނޑު ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ލިބިފައިވަނީ ބޭރުފުށުގެ ކޫރުންތަކެއް އެކަނި ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބްރިޖު އެޅި ކުންފުނި ކަމަށްވާ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ރެޔާއި މިއަދު ހެނދ...
ޔުމްނާ ޢަލީ
ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި، މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅާއި، ގދ. އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ވެއްޖެއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ދެކުނުގެ ރަށްތަކަށް ވިއްސާރައިގައި ލިބުނު ގެއްލުންތައް ރިޕޯޓްކުރުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން، އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން ކައުންސިލްތަކާއި، ދިވެހި ސިފައިންނާއި ފުލުހުނ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރުމަށް ނިންމައިފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑ...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށި ސިޓީގައި ތެޔޮ ގުދަންކޮށް، ތެލުގެ ވިޔަފާރި ހިންގުމަށްޓަކައި ބިން ހަމަޖެއްސުމާ ގުޅޭގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑިއަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާ ދެމެދު އިއްޔެ މަޝްވަރާ ބައްދަލުވުމެއް ކުރިއަށްގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި، އެފްއެސްއެމްގެ ފަރާތުން ފިއުލް ޝެޑެއް ނުވަތަ ފިއުލް ސްކިޑެއް ގާއިމުކުރުމަށްޓަކައި ބޮޑުމުހައްމަދު ކަލޭފާނު ބަނދަރު ސަރަހައްދުން ޖުމްލަ 10،000 އަ...
ޔުމްނާ ޢަލީ
ރާއްޖޭގެ އިތުރު 20 ރަށެއްގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފެށުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. “އިތުރު 20 ރަށެއްގައި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ މަސައްކަތްތައް އ...
ޔުމްނާ ޢަލީ
ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ފާހަގަކޮށްލެވޭ ލާމަސީލު ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އިންޖިނޭރުންގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ދެއްވާ “އިންޖީނިއާސް އެވޯޑު 2026” ރަސްމިއްޔާތު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ބަރސެލޯ ނަސަންދުރާގައި ބޭއްވި މި ހަފުލާގައި، އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ “އިންޖިނިއަރ އޮފް ދަ އިޔަރ” އެވޯޑު ޑރ. ފުރުޤާން އިބްރާހީމަށް އަރުވާފައިވާއިރު، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ތިން ބޭފުޅަކ...
ޔުމްނާ ޢަލީ
މާލޭގެ އުތުރު ފަރާތުގައި އަޅާފައި އޮތް ދެ އާގު ބޯޓެއް ނަގިލި ކަހާލައިގެން އޮޔާގޮސް، ސިނަމާލެ ބްރިޖުގައި ޖެހިއްޖެއެވެ. މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ސީދާ ބްރިޖާ ދިމާއަށް އޮޔާދިޔަ މި ދެ ބޯޓުގެ ބައެއް ބްރިޖުގައި ޖެހި ވަނީ ގެއްލުންތަކެއް ވެފައެވެ. އެ ސަރަހައްދުގައި ހުރި މީހަކު މައުލޫމާތު ދިން ގޮތުގައި، މާލޭ ކަނޑުއޮޅި ކައިރިން އޮޔާދިޔަ މި ދެ ތެޔޮ ބޯޓު މިހާރު ވަނީ ބްރިޖު ދަށުން މާކަނޑާ ދިމާއަށް ގޮސްފައެވެ. […]
އަލީ އާދިލް
ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި، އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ ހައުސިން މިނިސްޓްރީން މީގެ ފަހުން ގޮތް ކަނޑަނާޅަން ނިންމައި، އެފަދަ މައްސަލަތައް ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސްއަށް ފޮނުވަން ނިންމައިފިއެވެ. މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް...
ޔުމްނާ ޢަލީ
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފިއެވެ. މި މުބާރާތް ރަސްމީކޮށް ފައްޓަވައިދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި އެ ވުޒާރާގެ އިސްވެރިންނާއި ކީރިތި ޤުރުއާނ...
އަލީ އާދިލް
ގއ. ކޮނޑޭގައި ގާއިމްކޮށްފައިވާ ޕާކްތަކާއި މައިޒާންތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ގޮތުން، އެ ރަށުގެ އިޖުތިމާއީ ބައެއް ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ސަރަހައްދުތަކެއްގެ ގޮތުގައި ކޮނޑޭ ކައުންސިލުން ކަނޑައަޅައިފިއެވެ. ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާއިން އާންމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ރަށުގެ އިޖުތިމާއީ ސަރަހައްދުތަކުގެ ތެރެއިން ބައެއް ސަރަހައްދުތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކުރުމަށް ނިންމާފައިވަނީ ކައުންސިލްގެ 5 ވަނަ ދައުރުގެ 17 ވަނަ ބަ...
އަލީ އާދިލް