މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,870 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 324 ވަނަ ޞަފްޙާ

މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ނުވަ ގުނަ އިތުުރުކުރެވޭނެ: ޝިޔާމް

މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ނުވަ ގުނަ އިތުުރުކުރެވޭނެ: ޝިޔާމް

ފެސިލިޓީތަކުގެ ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމުމުން މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ނުވަ ގުނަ އިތުުރުކުރެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް އިއްޔެ ވިދާޅުވެއްޖެއެވެ. އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދެއްވުމަށް މިނިސްޓަރު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ދެއްކެވި ވާހަކާގައި ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގައި ސަރުކާރުން ހާސިލްކުރަން ބޭނުނ...

ޔުމްނާ ޢަލީ
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާހްކޮށްފި

"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް އިފްތިތާހްކޮށްފި

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއިން ކުރިއަށް ގެންދާ “ހަށިހެޔޮ ރާއްޖެ” ޕްރޮގްރާމު މިއަދު އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްފައި ވަނީ މިއަދު ހަވީރު އުތުރުން ހދ. ކުޅުދުއްފުށީ ސިޓީގައެވެ. އެކަމަށްޓަކައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުން ވޭތުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު...

ޔުމްނާ ޢަލީ
މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތައް ހެދުމަށް އެހީތެރިކަން ލިބޭ ސްކީމެއް ތަޢާރަފުކުރަނީ

މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތައް ހެދުމަށް އެހީތެރިކަން ލިބޭ ސްކީމެއް ތަޢާރަފުކުރަނީ

މާލެ ސަރަޙައްދުން ދޫކޮށްފައިވާ ގޯތިތައް ހެދުމަށް އެހީތެރިކަން ލިބޭ ސްކީމެއް ތަޢާރަފުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އިމާރާތް ކުރުމަށް ލުއިލޯނު ލިބޭ، “ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް” އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވިގޮތުގައި، މި ސްކީމް ތަޢާރަފުކުރުމާ ގުޅުންހުރި ފަންނީ މަސައްކަތްތައް މިހާރު ދަނީ ކުރައްވަމުންނެވެ. އެކަންކަން ފުރިހަމަވުމުން، އެ ސްކީމްވެސް އިޢުލާ...

ޔުމްނާ ޢަލީ
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ

ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ އަލުން ބެލުމުގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ޝަރީއަތް ފަށަން ތާވަލުކޮށްފި އެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ […]

ހުސައިން ހަބީބް
''ހިޔާވެހި ފައިނޭންސް ޕްރޮގްރާމް'' އިފްތިތާހްކޮށްފި

''ހިޔާވެހި ފައިނޭންސް ޕްރޮގްރާމް'' އިފްތިތާހްކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، އިމާރާތް ކުރުމަށް ލުއިލޯނު ލިބޭ ސްކީމް، ”ހިޔާވެހި ފައިނޭންސް ޕްރޮގްރާމް” މިއަދު އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ޙައްލުކުރުމަށް އަމާޒުކޮށްގެން ތަޢާރަފުކުރެވުނު ޕްރޮގްރާމެކެވެ. މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. ހިޔާވެހި ފައިނޭންސް ޕްރޮގްރާމްގެ ދަށުން މާލެ ސަރަޙައްދު، އަރބަން ސެންޓަރުތައް އަދި ވަކިވަ...

ޔުމްނާ ޢަލީ
"ޤައުމީ ކުޅިވަރު ފަންޑު" ގާއިމް ކުރަން ރައީސް ނިންމަވައިފި

"ޤައުމީ ކުޅިވަރު ފަންޑު" ގާއިމް ކުރަން ރައީސް ނިންމަވައިފި

ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްގީ ކުރުމަށާއި، ދިވެހި ކުޅިވަރު އާއިލާ ބާރުވެރިކުރުވުމުގެ މަގްސަދުގައި “ޤައުމީ ކުޅިވަރު ފަންޑު”ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް މިފަދައިން ނިންމަވާފައި ވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށް ފަހު، އެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ. ދިވެހިރާއްޖޭގައި ގައުމި ކުޅިވަރު ފަންޑެއް ގާއިމުކުރުމަށް ވަޒ...

އިބްރާހިމް ޚަލީލް
ނައިބު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންފި

ނައިބު ރައީސް ކުޅުދުއްފުއްޓަށް ވަޑައިގެންފި

ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ކުޅުދުއްފުށި ސިޓީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެ ސިޓީއަށް ވަޑައިގަންނަވައިފިއެވެ. ނައިބު ރައީސް ކުޅުދުއްފުށީ ސިޓީއަށް ވަޑައިގެންނެވުމުން އެއާޕޯޓުން މަރުޙަބާ ދެންނެވީ އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފެވެ. މީގެ އިތުރުން އެ ސިޓީގެ އެކި މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުންނާއި އަދި އާންމުން ވެސް ވަނީ ނައިބު ރައީސަށް މަރުޙަބާ ދެންނެވުމަށް އެއާޕޯޓަށް ގޮސްފައެވެ. ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ނައިބުގެ މި ދަތުރުފުޅުގައި “ހަ...

ޔުމްނާ ޢަލީ
''ސީއެޗްއެސްއީ-މާލެ'' ރަސްމީކޮށް ހުޅުވައިފި

''ސީއެޗްއެސްއީ-މާލެ'' ރަސްމީކޮށް ހުޅުވައިފި

ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) – މާލެ، މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ. މާލޭގައި ހިންގަމުން އައި ސީއެޗްއެސްއީ އިމާރާތް ބާވުމުގެ ސަބަބުން އެ އިމާރާތުގައި ކިޔެވުން މެދުކަނޑާލުމަށްފަހު ސަރުކާރުން ވަނީ އެ އިމާރާތުގެ އާބާތުރަ ފިލުވާފައެވެ. އެ މަސައްކަތަށްފަހު މިރޭ ރަސްމީކޮށް އެތަން ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މިކަމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، ސީ.އެޗް.އެސް.އީ.ގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ވަނީ ރައީސަށް އަރުވާފައެވެ. ސީއެޗްއެސްއީ މާލޭގައި...

ޔުމްނާ ޢަލީ
އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަން: ރައީސް

އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަން: ރައީސް

އެންމެ މުހިންމު ވާންޖެހޭނީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމު އިސްކުރުންކަންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ބަވަނަވެފައި މިއޮތް ދުނިޔޭގައި، އަޅުގަނޑުމެންގެ ލޯތައް ހުޅުވެން ޖެހޭކަން ފާހަގަކުރަށްވައި މިހާރު ޤައުމެއްގެ މިނިވަންކަން ނަގައިލުމަކީ، ކޮންމެހެން އަބަދުވެސް، ކުރީ ޒަމާނުގައި އެ ހިނގިގޮތަކަށް ހިނގާނެ ކަމެއް ނ...

ޔުމްނާ ޢަލީ
އަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް އޮފިސަރުން ރެކްރޫޓުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފަށަނީ

އަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް އޮފިސަރުން ރެކްރޫޓުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފަށަނީ

ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ނަމުގައި ދިވެހި ޢަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް އޮފިސަރުން ރެކްރޫޓުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފައްޓަވަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވިގޮތުގައި މި ޕްރޮގްރާމް ކުރިއަށް އޮތް 2025 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދަން ވަނީ ނިންމަވާފައެވެ. މިގޮތުން ސ...

ޔުމްނާ ޢަލީ
"ޝަހީދުންގެ ހިޔާ" 50 ހައުސިން ޔުނިޓުއަޅައި މިދައުރުގައި ޢާއިލާތަކާއި ހަވާލުކުރެވޭނެ: ރައީސް

"ޝަހީދުންގެ ހިޔާ" 50 ހައުސިން ޔުނިޓުއަޅައި މިދައުރުގައި ޢާއިލާތަކާއި ހަވާލުކުރެވޭނެ: ރައީސް

“ޝަހީދުންގެ ހިޔާ”ގެ ނަމުގައި 50 ހައުސިން ޔުނިޓުއަޅައި މިދައުރުގައި ޢާއިލާތަކާއި ހަވާލުކުރެވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވަމުންނެވެ. މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، ވޭތުވެދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި 29 ސިފައިންނާއި، 2 ފުލުހުންނާއި ޢާއްމުންގެ 11 މީހުން، ޤައުމީ ޚިދުމަތާ ގުޅުންހުރި އެކި ޙާލަތްތަކުގައި ދިމާވި ޙާދިސާތަކުގައި މި ދުނިޔެ ދޫކޮށްފައިވާކަމ...

ޔުމްނާ ޢަލީ
އެމްޑީޕީން ބުނާ ގޮތައް ބަޖެޓު ހަދައިގެން ދެ މަސްތެރޭ ގައުމު ބަނގުރޫޓް ވާނެ: ޝުޖާޢު

އެމްޑީޕީން ބުނާ ގޮތައް ބަޖެޓު ހަދައިގެން ދެ މަސްތެރޭ ގައުމު ބަނގުރޫޓް ވާނެ: ޝުޖާޢު

އެމްޑީޕީން ބުނާ ގޮތައް ބަޖެޓު ހަދައިގެން ދެ މަސްތެރޭ ގައުމު ބަނގުރޫޓް ވާނެކަމަށް މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ގްރާންޓް ކުޑަކޮށްފައިވާކަމަށް ބުނެ އެމްޑީޕީން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނަށް ރައްދުދީ ޝުޖާޢު ވިދާޅުވީ އެމްޑީޕީން ބުނާ ގޮތައް ބަޖެޓު ހަދައިގެން ދެ މަސްތެރޭ ގައުމު ބަނގުރޫޓް ވާނެކަމަށެވެ. އަދި އެމްޑީޕީގެ އަންދާޒާ ދެއްކިގޮތުން މިހިނގާ މާރޗް މަހު...

ޔުމްނާ ޢަލީ
ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ދަނީ ''ކަތީބު ނިޒާމު'' ބޭއްވުމަށް ވަކާލާތު ކުރަމުން: އެމްޑީޕީ

ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ދަނީ ''ކަތީބު ނިޒާމު'' ބޭއްވުމަށް ވަކާލާތު ކުރަމުން: އެމްޑީޕީ

އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިމަނާފައިވާ ފައިސާ މަދުކަމަށާއި، މި ދަނޑިވަޅަކީ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން ރާއްޖޭގައި އަލުން ”ކަތީބު ނިޒާމު” ބޭއްވުމަށް ފާޅުގައި ވަކާލާތު ކުރަމުންދާ ދަނޑިވަޅެއްގައި ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. އެމްޑީޕީން މިހެން ބުނެފައި ވަނީ އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ހިމަނާފައިވާ ފައިސާ މަދުކަމަށާއި، އެ ފައިސާ އިތުރުކޮށްދިނުމަށް ގޮވާލާކަމަށ...

ޔުމްނާ ޢަލީ
މޫސާ ޢަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އަރުވައިފި

މޫސާ ޢަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އަރުވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް މިރޭ އަރުވައިފިއެވެ. މި ޢިއްޒަތް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވީ މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް މި ޢިއްޒަތް، އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު […]

ޔުމްނާ ޢަލީ
ނަސްރު ލިބުނީ މާތްﷲ ގެ ހަޟްރަތުން، އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭ: މައުމޫން

ނަސްރު ލިބުނީ މާތްﷲ ގެ ހަޟްރަތުން، އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭ: މައުމޫން

3 ނޮވެމްބަރު 1988 ގައި ރާއްޖެ އަށް ކުރިމަތިވި ނުރައްކާތެރި އުދުވާނުގައި ރާއްޖެ އަށް ނަސްރު ލިބުނީ މާތް ﷲ ގެ ހަޟްރަތުން ކަމަށާއި، އެހެންކަމުން އަމިއްލަ ސަލާމަތަށްޓަކައި ވެސް އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުން މިރޭ ބޭއްވި މިއަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދަައްކަވަމުންނެވެ. ރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ދިވެހިނ...

ޔުމްނާ ޢަލީ