ދަރިވަރެއްގެ ދަބަސް ވަގަށް ނެގިކަމަށް ތުހުމަތުވާ މީހަކު ހައްޔަރަށް
ސައިކަލެއްގައި ބަހައްޓާފައި ހުރި ސްކޫލް ދަރިވަރެއްގެ ދަބަސް ވަގަށް ނެގިކަމަށް ތުހުމަތުވާ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ނޮވެންބަރު 5 ވަނަ ދުވަހުގެ 08:48 ހާއިރު މާލޭގެ އަމީރު އަހުމަދުމަގު / ކަސްތޫރި ގޯޅި ހިމެނޭ ކަންމަތީ ޕާކުކޮފައި ހުރި ސައިކަލެއްގައި ބަހައްޓާފައި ހުރި ސްކޫލް ދަބަހެއް ވަގަށްނެގި މައްސަލައެއް ބަލާފައިވާ ކަމަށެވެ. މި ދަބަސް ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ނ. ވެލިދޫ / ހިފާޒް، އަޙްމަދު މާޖިދު (33އ) މިއަދު ވަނީ ކޯޓު […]