ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) – މާލެ، މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

މާލޭގައި ހިންގަމުން އައި ސީއެޗްއެސްއީ އިމާރާތް ބާވުމުގެ ސަބަބުން އެ އިމާރާތުގައި ކިޔެވުން މެދުކަނޑާލުމަށްފަހު ސަރުކާރުން ވަނީ އެ އިމާރާތުގެ އާބާތުރަ ފިލުވާފައެވެ.

Ad
rt

އެ މަސައްކަތަށްފަހު މިރޭ ރަސްމީކޮށް އެތަން ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.

މިކަމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، ސީ.އެޗް.އެސް.އީ.ގެ އެހާރާއި މިހާރުގެ ހަނދާނީ ރަމްޒެއް ވަނީ ރައީސަށް އަރުވާފައެވެ.

ސީއެޗްއެސްއީ މާލޭގައި މިރޭ އަލުން ހުޅުވިގެންދިޔައިރު، މި ސްކޫލުގައި މިހާރު 424 ދަރިވަރުން ދަނީ ތަޢުލީމު ހާޞިލްކުރަމުންނެވެ.

ސީއެޗްއެސްއީ އެންމެ ފުރަތަމަ ހުޅުވާފައިވަނީ 3 ޖުލައި 1979 ވަނަ އަހަރުގައެވެ.