''ހުށަހަޅާފައިވަނީ އެންމެ ފުޅާމިނުގައި ގެދޮރުވެރިކަމަށް މަގުފަހިކޮށްދޭ ބޯހިޔާވަހިކަމުގެ ބަޖެޓެއް''
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަކީ އެންމެ ފުޅާމިނެއްގައި ގެދޮރުވެރިކަމަށް މަގުފަހިކޮށްދޭ، ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ދަރުބާރުގޭގައި މިއަދު ހެނދުނު ކުރިއަށް ދިޔަ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަސައްކަތް ކުރައްވަމުން ގެންދަވަނީ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް އެކި ކަންކަން މަގުފަހި...