ސައިކަލެއްގައި ބަހައްޓާފައި ހުރި ސްކޫލް ދަރިވަރެއްގެ ދަބަސް ވަގަށް ނެގިކަމަށް ތުހުމަތުވާ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ނޮވެންބަރު 5 ވަނަ ދުވަހުގެ 08:48 ހާއިރު މާލޭގެ އަމީރު އަހުމަދުމަގު / ކަސްތޫރި ގޯޅި ހިމެނޭ ކަންމަތީ ޕާކުކޮފައި ހުރި ސައިކަލެއްގައި ބަހައްޓާފައި ހުރި ސްކޫލް ދަބަހެއް ވަގަށްނެގި މައްސަލައެއް ބަލާފައިވާ ކަމަށެވެ.

Ad
rt

މި ދަބަސް ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ނ. ވެލިދޫ / ހިފާޒް، އަޙްމަދު މާޖިދު (33އ) މިއަދު ވަނީ ކޯޓު އަމުރުއްގެ ދަށުން ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

’’އަދި އޭނާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ދަބަސް (އެތެރޭގައި ހުރި ތަކެއްޗާ އެކު) ވަނީ ހޯދައި ވެރިފަރާތާ ހަވާލުކޮށްފައި’’ ފުލުހުން ބުނެފަވެއެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.