އިންޑިއާ ސަފީރު، ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތެއް، އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަންދެއްވި
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުނޫ މަހާވަރު، ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ޒިޔާރަތް ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ރައީސް އޮފީހުން ބުނީ، މި ޒިޔާރަތުގެ ތެރެއިން ކުރިއަށް ގެންދެވުނު ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ސަފީރުގެ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިކަމަށެވެ. އަދި ސަފީރުކަމުގައި މުނޫ މަހާވަރު ފުރިހަމަކުރެއްވި ދައުރަކީ ދެ ޤައުމުގެ ގުޅުން ވަރުގަދަވެގެނ...