ހިޔާ ޓަވަރަކުން ކުއްޖަކު ވެއްޓި، ހޮސްޕިޓަލަށް
ހުޅުމާލޭ ފޭސް2 ހިޔާ ފްލެޓްގެ 5 ވަނަ ޓަވަރުގެ 13 ވަަނަ ފުލޯއިން 15 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ ދަންވަރު 1:30 ހާއިރު އެވެ. ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު މި ނޫހަށް މަޢުލޫމާތު ދެމުން ބުނި ގޮތުގައި، ވެއްޓުނު ކުއްޖާއަކީ ސްކޫލު ކުއްޖެއް ކަމަށް ބެލެވެއެވެ. އެ ކުއްޖާ ލައިގެން ހުރީ ހިރިޔާ ސްކޫލުގެ ލޯގޯ ޖަހާފައިވާ ޓްރެކްސޫޓެކެވެ. “ވަރަށް ބާރު އަޑެއް އިވުނު. […]