މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް (07:00 އިން 13:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,870 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 313 ވަނަ ޞަފްޙާ

މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ޖަމާކޮށްދޭން ފަށަނީ

މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ޖަމާކޮށްދޭން ފަށަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓް ގެންގުޅޭ މަސްވެރިންނަށް 48 ގަޑިއިރުތެރޭ މާދަމާ އިން ފެށިގެން ފައިސާ ޖަމާކޮށްދޭން ފަށާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅެއްގައި މިއަދު ކ. ގާފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކުރީގެ ސަރުކާރުން މަސްވެރިންނަށް ދައްކަން ޖެހ...

ޔުމްނާ ޢަލީ
''ސިޔާސީ އޮއިވަރުގައި ނުޖެހި ޤައުމީ ވިސްނުމެއްގައި ކުރިއަށް ދާނަމަ ޙަޤީޤީ ތަރައްޤީ ލިބިގެންދާނެ''

''ސިޔާސީ އޮއިވަރުގައި ނުޖެހި ޤައުމީ ވިސްނުމެއްގައި ކުރިއަށް ދާނަމަ ޙަޤީޤީ ތަރައްޤީ ލިބިގެންދާނެ''

ސިޔާސީ އޮއިވަރުގައި ނުޖެހި ޤައުމީ ވިސްނުމެއްގައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދާނަމަ ދެމެހެއްޓެނިވި ޙަޤީޤީ ތަރައްޤީ ލިބިގެންދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅެއްގައި އިއްޔެ މެންދުރުފަހު އއ. ރަސްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ޤައުމު ތަރައްޤީ ކުރުމަށްޓަކ...

ޔުމްނާ ޢަލީ
މި ސަރުކާރުގެ އަމާޒަކީ މަސްތުވާތަކެތީގެ މައްސަލައަށް ޙަޤީޤީ ޙައްލެއް ހޯއްދައިދިނުން: ރައީސް

މި ސަރުކާރުގެ އަމާޒަކީ މަސްތުވާތަކެތީގެ މައްސަލައަށް ޙަޤީޤީ ޙައްލެއް ހޯއްދައިދިނުން: ރައީސް

މިސަރުކާރުގެ ވިސްނުމަކީ މަސްތުވާތަކެތީގެ މައްސަލައަށް ޙަޤީޤީ ޙައްލެއް ހޯއްދައިދިނުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު އިއްޔެ ފެއްޓެވި ދަތުރުފުޅެއްގައި އިއްޔެ މެންދުރުފަހު އއ. ރަސްދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މުޅި ރާއްޖޭގައިވެސް، ބޮޑުވެފައި ހުރި ހުރިހާ މައްސަލަތަކެއް ޙައްލުކުރުމަށްޓަކައި މި ސަރުކާރު...

ޔުމްނާ ޢަލީ
މި ސަރުކާރުން ދޭނީ ހަމަހަމަ ޚިދުމަތެއް، ސިޔާސީ ވިސްނުމެއް ނުގެންގުޅޭނެ: ރައީސް

މި ސަރުކާރުން ދޭނީ ހަމަހަމަ ޚިދުމަތެއް، ސިޔާސީ ވިސްނުމެއް ނުގެންގުޅޭނެ: ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ސިޔާސީ ވިސްނުމެއް ނުގެންގުޅުއްވައި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އއ.ތޮއްޑޫ އަށް ވަޑައިގެން ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ތޮއްޑޫއަކީ ވަރަށް މަސައްކަތްތެރި، ވަރަށް މުރާލި އާބާދީއެއް އޮތް ރަ...

ޔުމްނާ ޢަލީ
ފެމިލީ ކޯޓުގެ ހުރުމަތް ކަނޑާލައިގެން ޖަލަށްލި އަންހެން މީހާއަށް ކޯޓުން މައާފް ދީފި

ފެމިލީ ކޯޓުގެ ހުރުމަތް ކަނޑާލައިގެން ޖަލަށްލި އަންހެން މީހާއަށް ކޯޓުން މައާފް ދީފި

ފެމިލީ ކޯޓުގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިއަށް ގެންދަނިކޮށް، ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ ކޯޓުން ނިކުމެގެންދިޔަ މައްސަލާގައި ތިން ދުވަހަށް ޖަލަށްލި އަންހެން މީހާއަށް ކޯޓުން މައާފް ދީފި އެވެ. މިދިޔަ މަހުގެ ފަހުކޮޅު އަންހެނަކު އެ ތިން ދުވަހަށް މީހާ ޖަލަށްލާން ފެމިލީ ކޯޓުން ހުކުމްކުރީ ގާޒީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލިސް ދޫކޮށް ނުދެވޭނެ ކަމާއި ފިޔަަވަޅު އެޅޭނެކަން ވެސް އަންގާފައި ވަނިކޮށް ހުއްދަ ނެތި ނިކުމެގެން ދިއުމުންނެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ފެމިލީ […]

ހުސައިން ހަބީބް
ބަނގުރަލުގެ މައްސަލައެއްގައި ލަންކާ ދެމީހުން ހައްޔަރުކޮށް ޑީޕޯޓްކޮށްލަނީ

ބަނގުރަލުގެ މައްސަލައެއްގައި ލަންކާ ދެމީހުން ހައްޔަރުކޮށް ޑީޕޯޓްކޮށްލަނީ

ބަނގުރަލުގެ މައްސަލައެއްގައި ލަންކާ ދެމީހުން ހައްޔަރުކޮށް، ޑީޕޯޓްކޮށްލުމަށް އިމިގްރޭޝަން އާއި ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ، އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސްރީލަންކާގެ ދެ މީހުންކަމަށްވާ، ޕައްޓި ވިތަނަލަގެ ވިމޯޝާ ވިނަތަގެ...

ޔުމްނާ ޢަލީ
ކުރިއަށް އޮތީ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ހިނގާނޭ ދެއަހަރު: ރައީސް

ކުރިއަށް އޮތީ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ހިނގާނޭ ދެއަހަރު: ރައީސް

ކުރިއަށް އޮތް 2025 އައި 2026 ވަނަ އަހަރަކީ، މި ސަރުކާރުގެ ވަޢުދުތައް ފުއްދުމުގެ ޢަމަލީ މަސައްކަތް ހިނގާނޭ ދެއަހަރުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އއ.ތޮއްޑޫ އަށް ވަޑައިގެން ތޮއްޑޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު...

ޔުމްނާ ޢަލީ
ރައީސް އއ.އަތޮޅާއި ކ.އަތޮޅުގެ ބައެއް ރަށްތަކަށް، ފުރަތަމަ ވަޑައިގަތީ ތޮއްޑޫ އަށް

ރައީސް އއ.އަތޮޅާއި ކ.އަތޮޅުގެ ބައެއް ރަށްތަކަށް، ފުރަތަމަ ވަޑައިގަތީ ތޮއްޑޫ އަށް

އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި މި ދެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ވަގުތު ލިބިވަޑައިގަތް މިންވަރަކުން ދެ އަތޮޅުގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މި ދެ އަތޮޅުގެ އަތޮޅު ކައުންސިލާވެސް ބައް...

ޔުމްނާ ޢަލީ
"ކްރޯމިސް އަބަދަށް" އަލަށް ފެނުނު މަހެއް

"ކްރޯމިސް އަބަދަށް" އަލަށް ފެނުނު މަހެއް

ދުނިޔޭގެ އެއްވެސް ހިސާބަކުން މީގެކުރިން ފެނިފައިވާކަމަށް ރެކޯޑް ކުރެވިފައިނުވާ މަހެއް ރާއްޖެއިން ފެނިއްޖެއެވެ. އެ މަހަށް ދީފައިވާ ނަމަކީ “ކްރޯމިސް އަބަދަށް” އެވެ. މެރިން ޖާނަލް މޯލްޑިވެސް އިން ބުނީ މި މަސް ފެނިފައިވަނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުން ކަމަށާއި، އެއީ 95 މީޓަރާއި 110 މީޓަރު ދެމެދު ފުނުން ކަމަށެވެ. ދަލެއް ބޭނުން ކޮށްގެން މީގެ ހަތަރު މަސް ހިފައި އިތުރު ތަހުލީލުތައް ކޮށްފައިވާކަމުގައި ވެސް މެރިން ޖާނަލް މޯލްޑިވްސ އިން ބުންޏެވެ. […]

އިބްރާހިމް ޚަލީލް
''ޤައުމުދެކެ ލޯބިވާ، ޒިންމާދާރު ދަރިންތަކެއް ބިނާކުރުމަށް ޤައުމީ ވިސްނުމެއްގައި އަޒުމް ކަނޑައަޅަންޖެހޭ''

''ޤައުމުދެކެ ލޯބިވާ، ޒިންމާދާރު ދަރިންތަކެއް ބިނާކުރުމަށް ޤައުމީ ވިސްނުމެއްގައި އަޒުމް ކަނޑައަޅަންޖެހޭ''

ދީނާއި، ޤައުމުދެކެ ލޯބިވާ، ޒިންމާދާރު ދަރިންތަކެއް ބިނާކުރުމަށް ޤައުމީ ވިސްނުމެއްގައި އަޒުމް ކަނޑައަޅަންޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ، މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އޮތް ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެންމެން އެކުގައި ރާއްޖޭގައި އަޅުގަނޑުމެން ބޭނުންވާ ގޮތަށް މާތްވެގެންވާ އިސްލާމްދީނު...

ޔުމްނާ ޢަލީ
މުސާރަ ނުދޭ ކަމަށް ބުނެ އެއްވި ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

މުސާރަ ނުދޭ ކަމަށް ބުނެ އެއްވި ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް

މުސާރަ ނުދޭ ކަމަށް ބުނެ މުލިއާގެ ކައިރިއަށް އެއްވި ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ މުސާރަ ނުދޭ ކަމަށް ބުނެ ބިދޭސީންތަކެއް މުލިއާގެއާ ހިސާބުގައި ހިތްހަމަނުޖެހުން ފާޅުކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން އެތަނަށް ގޮސްފައިވާ ކަމަށެވެ. މިގޮތުން އެ ސަރަޙައްދަށް އެއްވި ބިދޭސީން މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 38 މީހުންނާއި ބަންގްލަދޭޝަށް ނިސްބަތްވާ 17 މީހުނ...

ޔުމްނާ ޢަލީ
ދާންދޫ މަގުމަތީގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

ދާންދޫ މަގުމަތީގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

ގއ. ދާންދޫ މަގުމަތީގައި ނިޔާވެފައި އޮތް މީހަކު މިއަދު ފެނިއްޖެ އެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 8:10 ހާއިރު ގއ. ދާންދޫގައި، އެރަށު ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގުމައްޗަށް މީހަކު ވެއްޓިފައި އޮތްކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނު ކަމަށެވެ. އެތަނަށް ވެއްޓިފައި އޮއްވައި ފެނުނީ އެ ރަށު ނަގަހެލަ، އަހުމަދު އަބްދުﷲ 33އ، އެވެ. އޭނާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އެތަނާއި ހަވާލާދީ ފުލުހުން ބުންޏެވެ. […]

ޔުމްނާ ޢަލީ
އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި ބިދޭސީންނަށް ފިޔަވަޅު އަޅަނީ

އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި ބިދޭސީންނަށް ފިޔަވަޅު އަޅަނީ

މިއަދު އިރުއޮއްސުނު ވަގުތު އާޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގި ބިދޭސީން ހޯދައި ފިޔަވަޅު އަޅާނެކަމުގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން ވިދާޅުވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައި ވަނީ އިންޑިއާ ބައެއްގެ މެދުގައެވެ. އެ ސަރަހައްދަށް ގިނަބަޔަކު ޖަމާވެފައި ވަނިކޮށް ހިނގި މި މާރާމާރީއާއި ގުޅިގެން އެ ސަރަހައްދުގެ ހަމަޖެހުން ގެއްލިގެންދިޔަ މަންޒަރު މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެނެއެވެ. މިރޭ އެކްސްގައި ޝައްމާން ވިދާޅުވީ މިއަދުގެ...

އިބްރާހިމް ޚަލީލް
ދުންފަތުން ދުރުވާން ބޭނުންވާ ބޭހާއި ފަރުވާ އާސަންދައިން ލިބޭނެ: ނާޒިމް

ދުންފަތުން ދުރުވާން ބޭނުންވާ ބޭހާއި ފަރުވާ އާސަންދައިން ލިބޭނެ: ނާޒިމް

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކުތަކުން ބޭނުންވާ ބޭހާއި ފަރުވާ އާސަންދަ މެދުވެރިކޮށް ލިބޭނެކަމަށް ސިއްހަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުންދާ މުހިއްމު މަސައްކަތްތަކާގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ވަޒީރުގެ ވާހަކާގައި ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަމަ...

ޔުމްނާ ޢަލީ
ބިދޭސީއަކަށް ވަޅިން ހަމާލާދީ ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ބިދޭސީއަކަށް ވަޅިން ހަމާލާދީ ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިދޭސީއަކަށް ވަޅިން ހަމަލާދީ މާރާމާރީ ހިންގައި، އޭނާގެ ފޯނު ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި ދެވަނަ ފިޔަވަހީގެ ހިތިގަސްމަގުގައި ހިނގި މި ހާދިސާގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 4 ޑިސެމްބަރު ވަނަ ދުވަހުއެވެ. އަނިޔާ ލިބުނު ބިދޭސީ މީހާއަށް ވަނީ އެޗް16 ކްލިނިކްގައި ފަރުވާދީފައިވާއިރު، އޭނާ ވަނީ މިހާރު ދޫކޮށްލާފައެވެ. މި މައްސަލައާ ގުޅިގެން، ވަޅިން ހަމަލާދީ ފޭރުނު މީހާ ހޯދުމަށް ސީސީޓީވީ ފުޓޭޖް ބަލައި ދެނެގަނެ، އިއްޔެގެ ވަގުތެއ...

ޔުމްނާ ޢަލީ