ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއުޅުނު މަސްބޯޓެއް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަތުލައި ގެންފިއެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި، ގާނޫނާއި ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް އަތުލައިގެންފައިވާ ކަމަށެވެ.

Ad
rt

އެ ބޯޓް އަތުލައި ގެންފައި ވަނީ އެމްއެންޑީއެފް އެއަރ ކޯރ ޑްރޯން ގެ އެހީގައި ލޮކޭޓް ކުރުމަށްފަހު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމުގައި އެމްއެންޑީއެފް އިން ބުންޏެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެގެން އުޅުނު ބޭރުގެ ބޯޓެއް ޑްރޯންގެ އެހީގައި ހޯދައި އަތުލައި ގެންފައެވެ.