މިރޭ މާލޭ އައިޖީއެމްއެޗް ކައިރީގައި މަރުތޭލަކުން މީހެއްގެ ބޮލުގައި ޖަހާ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލެއްގައި އައި ދެ މީހަކު މަރުތޭލަކުން ހަމަލާދީ ޖަހަމްކޮށްލާފައިވާ މައްސަލައެއްގެ މިރޭ 08:41 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

Ad
rt

މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނެނަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހަމަލާގައި ޒަހަމްވި މިހާއަށް އައިޖީއެމްއެޗްގައި މިހާރު އަންނީ ފަރުވާ ދެމުންނެވެ. މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.