ދިވެހިރާއްޖެ އާއި ސްރީލަންކާ އިން ދެ ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކުގައި ވެސް ފައިދާހުރި ކަންކަމުގައި ވެސް މަސައްކަތް ކުރަމުން ދަނީ ގުޅިގެންކަމަށް މަސައްކަތްކުރަށްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައަށާއި ބޮޑުވަޒީރު ޑޮކްޓަރ ހަރީނީ އަމަރަސޫރިޔާއަށް ރައީސް މުޢިއްޒު ފޮނުއްވި ސިޓީ ފުޅެެއްގައި މިދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

Ad
rt

މިގޮތުން ދެޤައުމުން ހިއްސާކުރާ އެއްގޮތް ސަގާފީ މުޢާމަލާތްތައް އިތުރުވެ، ގާތް ސަރަހައްދީ ދެ ޤައުމުގެ ހައިސިއްޔަތުން އެއް ޤައުމު އަނެއް ޤައުމަށް ދިމާވާ ގޮންޖެހުންތަކާއި ދެޤައުމަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރާކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.

ރައީސް ފާހަގަކުރަށްވާފައިވާ ގޮތުގައި ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމަކީ، އެކުވެރިކަމުގެ މައްޗަށް ބިނާވެފައި އޮތް، ދެޤައުމު ގަބޫލުކުރާ ހަމަތަކެއްގެ މަތިން އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެކެވެ.

ދެ ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކުގައި ގުޅިގެން މަސައްކަތް ކުރުމާއެކު އިޖުތިމާއީ، އަދި އިޤްތިޞާދީ ކުރިއެރުމަށް ހުރި ފުރުޞަތުތައް ހޯދުމަށާއި ސަރަޙައްދީ ހަމަޖެހުމަށާއި ސުލްޙައާއި ލާބައަށް ދެ ޤައުމު ގުޅިގެން އެކުގައި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން އޮތްކަމުގައި ވެސް ރައީސްގެ ސިޓީ ފުޅުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ވަނީ ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައަށާއި ބޮޑުވަޒީރު ޑރ. ހަރީނީ އަމަރަސޫރިޔާއަށާއި އަދި އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ޕޯސްޓެއް ކުރަށްވާފައެވެ.

މި ޕޯސްޓްގައި ރައީސް ވަނީ ރާއްޖެއާއި ލަންކާގެ ދެމެދުގައިވަނީ ހިއްސާކުރެވޭ ވެލިޔުތަކާއި، އެއްބަސްވުމާއި އަދި އެއްޤައުމު އަނެއް ޤައުމާއި އޮންނަ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ޚާއްޞަ ގުޅުމެއްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ސްރީލަންކާގެ ރައްޔިތުންނަށް ސުލްޙަވެރިކަމާއި، ފާގަތިކަމާއި އަދި ދެމެހެއްޓެނިވި ކާމިޔާބީއަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.