ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ސީޕްލޭން ޓަރމިނަލް ކައުންޓަރު ކައިރީގައިހުރި ފޮށިގަނޑެއް ވަގަށްނެގި މީހަކު ހޯދުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ވައްކަން ކުރި މީހާގެ ވީޑިއޯ މީސްމީޑިއާގައި އާންމުކޮށް ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ އެއަރޕޯޓް ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި ހޯދަމުން އަންނަ މީހެއްކަމަށެވެ.
އެމީހާ ވަނީ 23 ނޮވެންބަރު 2024 ވަނަ ދުވަހުގެ ވަގުތެއްގައި ވީއައިއޭގެ ސީޕްލޭން ޓަރމިނަލް ކައުންޓަރު ކައިރީގައިހުރި ފޮށިގަނޑެއް ވަގަށް ނަގާފައިކަމަށާއި، އެހެންވެ އޭނާ ހޯދަންބޭނުންވެ، ކާކުކަން ދެނެގަނެވިފައިނުވާތީ މިހާތަނަށް އެމީހާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ.
ވީޑިއޯ: އެއަރޕޯޓް ސީޕްލޭން ޓަރމިނަލް ކައުންޓަރ ކައިރީހުރި ފޮށިގަނޑެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީhttps://t.co/aZGYe69lGT pic.twitter.com/i8TJ0e1qlw
— Maldives Police (@PoliceMv) February 5, 2025
ފުލުހުން ވަނީ މި ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ވިލިމާލެ ޕޮލިސްގެ ނަންބަރު 9400056 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!