ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަގާމުން އިސްތިއުފާދެއްވައިފިއެވެ.

ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ދެންމެ ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަަޤާމުގެ އިސްތިޢުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ޤަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ.

Ad
rt

ހއ. ނިސްބަތްވާ ޝުޖާއު ފުލުހުންގެ ވެރިޔަކަށް ޢައްޔަނުކުރެއްވީ 25 ޑިސެމްބަރ 2023 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ.

މަޖީދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލަށް ހުންނެވުމަށް ފަހު ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރު އެވެ.

ޝުޖާއު ވަނީ ލެ އޭރިއާގެ ކޮމާންޑަރުގެ މަގާމާއި، ޕޮލިސް އެކަޑެމީ އަދި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީޑީ) ގެ އެންމެ އިސްވެރިޔާގެ މަގާމު ވެސް ފުރުއްވާފައެވެ.

ސީޕީކަމުން ޝުޖާއު އިސްތިއުފާދެއްވާފައި މި ވަނީ 18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު (ހައްވާ ޔުމްނު ރަޝީދު) ވެއްޓުނު މައްސަލައިގެ ތަހުގީގާއި ހާމަކުރުންތަކާއި ގުޅިގެން އެކަން ހޫނުވެފައި ވަނިކޮށެވެ.