ކޮމިޝަނާ އޮފް ޕޮލިސްގެ މަސްއޫލިއްުޔަތު ވަގުތީގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއީލް ނަވީން އާއި ހަވާލުކޮށްފިއެވެ.

ފުލުހުންގެ އިދާރާ ހިންގުން ނަވީނާއި ހަވާލުކޮށްފައި ވަނީ އެ މަސްއޫލިއްޔަތު ޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފަރުހާދު ފިކުރީއާ ހަވާލުކުރެއްވިތާ ގަޑިއެއްހާއިރުގެ ތެރޭގައެވެ.

Ad
rt

ފުލުހުންގެ އިދާރާއަށް ވަގުތީ ވެރިއަކު ހަމަޖައްސަން ޖެހުނީ ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިރޭ މަގާމުން އިސްތިއުފާދެއްވުމުންނެވެ.

ނަވީން އާއި ފުލުހުންގެ މުއައްސަސާގެ ހިންގުން ހަވާލުކޮށް، އެކަން ހާމަކުރަށްވަމުން ދާޚިލީ ވަޒީރު އަލީ އިހްސާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން މިވަގުތު އެއްމެ އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތަކީ މިހާރު ހިނގަމުންދާ ތަހުގީގުގެ މަސައްކަތް ކަމަށެވެ.

އެހެންކަމުން މިތަހުޤީގެކަންކަމާއި އެއްމެ އިސްކޮށް ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީންކަމަށްވާތީ ކަމިޝަނަރ އޮފް ޕޮލިސް ކަމަށް ބޭފުޅަކު އައްޔަންކުރެވެންދެން އެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އިސްމާއިލް ނަވީން ކަނޑައަޅައަޅުއްވާފައިވާ ކަމަށެވެ.

ސީޕީގެ މަގާމުން ޝުޖާޢު އިސްތިއުފާދެއްވާފައި ވަނީ 18 އޭޕްރިލް 2025 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު (ހައްވާ ޔުމްނު ރަޝީދު) ވެއްޓުނު މައްސަލައިގެ ތަހުގީގާއި ހާމަކުރުންތަކާއި ގުޅިގެން އެކަން ހޫނުވެފައި ވަނިކޮށެވެ.

ޔުމްނު އަށް އިތުރުފަރުވާއަށް މިރޭ ވަނީ ރާއްޖެއިން ބޭރަށް ފުރުވާލާފައެވެ.