ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް: ރައީސް
ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި، ދިވެހީން މިކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރެވޭ ބައިނަލްއަޤްވާމީ ވަރލްޑް ޓޫނާ ޑޭގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ ‘އެކްސް’ އެކައުންޓުގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް މުޢިއްޒު އެ ޕޯސްޓުގައި، މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެއާއިދުވާލު މަސައްކަތްކުރާ އެންމެހައި ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ތަހުނި...