ރައީސް މުޢިއްޒު ނޫސްވެރިންނާއެކު 14 ގަޑިއިރާއި 55 މިނިޓް، ރެކޯޑެއް!
އިއްޔެ އަކީ ދުނިޔޭގައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ދިވެހި ނޫސްވެރިންނާއި ބައްދަލުކުރަށްވާފައެވެ. ގާތްގަނޑަކަށް 16 ވަރަކަށް މަސް ދުވަސް ފަހުން މި ނޫސްވެރިންގެ ބައްދަލުވުން ތާވަލުކުރިއިރު، ރައީސް ނޫސްވެރިންނާއި ބައްދަލުނުކުރަށްވައި ދިގުލައިފައިވާތީ ބައެއްފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. ނަމަވެސް ރައީސްގެ އިއްޔެ ނޫސްވެރިންގެ ބައްދަލުވުމަކީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގަތްފަހުން ވޭތުވި ދޮޅު...