ހައްޖުވެރިންގެ ޑެބިޓް ކާޑަށް އިތުރު 1750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ރައީސް އެދިވަޑައިގެންފި
މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ހޯދައިދެއްވުމުގެ ގޮތުން، ކޮންމެ ޙައްޖުވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑަށް އިތުރު 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މުޢިއްޒު މިކަން ހާމަކުރެއްވީ އެމަނިކުފާނުގެ މީސްމީޑިއާ އެކައުންޓުގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ، މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގ...