ގދ. ނަޑައްލާ އަށް ދަތުރުކުރި ދޯންޏަކުން އެރަށަށް ފޭބި ހދ. ނޮޅިވަރަމް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނިގޮތުގައި ގެއްލިގެން ހޯދަމުންދާ ފަރާތަކީ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34 އަހަރު) އެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންތުގައި، 2025 މެއި 11 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެހާކަންހާއިރު ގދ. ނަޑައްލާއަށް ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ ދޯނިން އާދަމް އިބްރާހިމް ރަށަށް ފައިބައި، އޭގެފަހުން އެނބުރި ދޯންޏަށް އައިސްފައި ނުވާކަމަށް ބުނެ ރޭގަނޑު 10:25 އެހާކަންހާއިރު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.
މި މަޢުލޫމާތު ލިބުމާއެކު، ފުލުހުންގެ ޓީމެއް ވަނީ ރޭގެ ވަގުތެއްގައި ނަޑައްލާއަށް ގޮސް، ރަށުތެރެއާއި އެ ރަށް ކައިރީގައިވާ ފަޅުރަށްތައް ބަލާފައެވެ. އަދި މިއަދުވެސް އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
އާދަމް އިބްރާހިމްއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ގދ. ރަތަފަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 7909311 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!