މިރޭ އިޝާނަމާދަށް ފަހު ނަޒީރުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަނީ
ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މިރޭ އިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބާއްވަން ހަމަޖެހިފައިވާ ކަމުގައި އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުހައްމަދު ނަޒީރު (ސަންލޭންޑް ނަޒީރު) ގެ މައްޗަށް ޣައިބަށް ކުރެވޭ ކަށުނަމާދު މިރޭ އިޝާނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ނަޒީރު އަވާހަރަވީ އާލަސްކަންފުޅަށް ފަރުވާ ހޯއްދަ...