ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި ވަނީ މުޅި ރާއްޖެއަށް ބާރަށް ވައިޖެހި، ކަނޑުތައް ހަދަވާނެކަމަށް ލަފާކޮށްފައެވެ.

Ad
rt

މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ.

މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މި ސަމާލުގެ ވަގުތު ދީފައި ވަނީ މިއަދު މެންދުރު 13:15 އިން އިރު އޮއްސި 18:00 އާއި ހަމަ އަށެވެ.

މެޓް އޮފީހުން އިއްޔެ ވަނީ ރާއްޖޭގެ ސަރަހައްދުތަކުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވާނެކަމަށް ބެލެވޭތީ، އިއްޔެ އިން ފެށިގެން ތިން ދުވަހަށް ރާއްޖޭގެ އެކި ހިސާބުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހި، ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ.