ގދ. ނަޑައްލާ އަށް ދަތުރުކުރި ދޯންޏަކުން އެރަށަށް ފޭބި ހދ. ނޮޅިވަރަމް މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ހދ. ނޮޅިވަރަން / ސުހާނީ، އާދަމް އިބްރާހިމް (34 އަހަރު) އެވެ.
ފުލުހުން ބުނިގޮތުގައި އާދަމް އިބްރާހިމް ވަނީ ފެނިފައެވެ.
''އޭނާ ފެނިފައިވަނީ މިއަދު 16:45 އެހާކަންހާއިރު ނަޑެއްލާ ކައިރީ އޮންނަ ފަޅުރަށަކުން. ހާލު ރަނގަޅު.'' ފުލުހުން ބުންޏެވެ.
އާދަމް އިބްރާހިމް ހޯދަން ފެށީ 11 މެއި 2025 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެހާކަންހާއިރު ނަޑައްލާއަށް ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ ދޯނިން އެރަށަށް ފޭބިގޮތަށް އަނބުރާ ދޯންޏަށް ނުގޮސް، ޚަބަރެއް ނުވެގެންނެވެ.
މިކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އެރޭ 10:25 އެހާކަންހާއިރު އެވެ. މި ރިޕޯޓާއެކު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފެށިއިރު، ފުލުހުން މިކަމުގައި އާންމުންގެ އެހީތެރިކަމަށް އެދުނީ މިއަދު ހެނދުނު 9:47 ހާއިރު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!