ނާޒިމް ޖަލަށްލި މައްސަލާގައި ވަކީލުންނަށް އެއް މިލިއަން ރުފިޔާ ދޭކަށް ނުޖެހުނު
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ޖަލަށްލި މައްސަލާގައި ވަކީލުންނަށް އޭނާގެ ފަރާތުން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. ނާޒިމް 2015 ވަނަ އަހަރު ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް އޭނާ އުޅުއްވި އުޅުއްވި ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ ހައްޔަރުކޮށް, އޭނާ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އޭރު ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ވަކާލާތުކުރީ […]