''އިހަވަންދޫ ސްކޭމެއްގައި ނުޖެހޭނެ'' ޕްރޮގްރާމް މިރޭ
ހއ. އިހަވަންދޫގައި ބާއްވާ ހޭލުންތެރިކަމުގެ ޕްރޮގްރާމް، “އިހަވަންދޫ ސްކޭމެއްގައި ނުޖެހޭނެ” މިރޭ އޮންނާނެކަމަށް އިހަވަންދޫ ކައުންސިލުން ބުނެފިއެވެ. “އިހަވަންދޫ ސްކޭމެއްގައި ނުޖެހޭނެ” ޕްރޮގްރާމަކީ ހއ.އަތޮޅު ކައުންސިލާއި ހއ.ދިއްދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އިހަވަންދޫގައި ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަގުސަދަކީ ވިލުންވެރި މުޖުތަމައެއް ބިނާކުރުމާއި، މަސްތުވާތަކެތިން ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުންކަމަށް އިހަވަންދޫ ކައުންސިލުން ވަނީ ބުނެފައެ...