ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ޖަލަށްލި މައްސަލާގައި ވަކީލުންނަށް އޭނާގެ ފަރާތުން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ނާޒިމް 2015 ވަނަ އަހަރު ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް އޭނާ އުޅުއްވި އުޅުއްވި ކޮޓަރިން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ ހައްޔަރުކޮށް, އޭނާ 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

Ad
rt

އޭރު ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓުގައި ވަކާލާތުކުރީ ޕްރިމިއާ ޗެމްބާސްގެ ވަކީލުންނެވެ.

ޕްރިމިއާ ޗެމްބާސް އިން ނާޒިމަށް ދީފައިވާ ގާނޫނީ ހިދުމަތްތަކަށް 977،353ރ. އަދި ޖޫރިމަނާއާ އެކު 1.3 މިލިއަން ރުފިޔާ ހޯދަން ދައުވާ ކުރުމުން ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ ޕްރިމިއާ ޗެމްބާސްއިން ފޮނުވި އަގަށް ނާޒިމް އެއްބަސްވެފައިވާކަން އެނގެން ނެތް ކަމަށެވެ. އަދި އެ އަގަށް ނާޒިމް ފަހުން އިންކާރު ކުރައްވާފައިވާތީ, ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ, އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަން ސާބިތުވާން ނެތް ކަމަށް ހުކުމުގައިވެ އެވެ.

ނާޒިމް ޖަލަށްލާފައި ވަނިކޮށް އޭނާ މިނިވަންކުރީ 2018 ވަނަ އަހަރު ސުޕްރީމް ކޯޓުންނެވެ.