މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,859 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 231 ވަނަ ޞަފްޙާ

ޝަމްއާން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ނިންމަނީ

ޝަމްއާން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ނިންމަނީ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލާގެ ހުކުމް މާދަމާ އިއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހާ ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށް, ހައްޔަރުކުރި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން އޮތީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލާގ...

ހުސައިން ހަބީބް
ހުޅުމާލެއިން ޑްރަގާއެކު ޒުވާނަކު ހައްޔަރުކޮށްފި

ހުޅުމާލެއިން ޑްރަގާއެކު ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު 22 އަހަރުގެ ޒުވާނަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި / ފުނަމާގެ، މުޙައްމަދު ޢާލިމް (22އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭ 00:41 އެހާކަންހާއިރު ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް 7 ގެ ގްރައުންޑް ފްލޯ ޕާކިންގ ޒޯނަށް ސައިކަލެއްގައި ވަދެ ފުލުހުން ފެނުމުން އަވަސް އަވަހަށް ސައިކަލް ޕާކްކޮށްފައި ދާން މަސައްކަތްކުރުމުން އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަ...

ޔުމްނާ ޢަލީ
ރާއްޖޭގެ އާބާދީގެ ހަތް އިންސަތަ މީހުން ނުކުޅެދުންތެރިކަން ހުރޭ

ރާއްޖޭގެ އާބާދީގެ ހަތް އިންސަތަ މީހުން ނުކުޅެދުންތެރިކަން ހުރޭ

ދިވެހިރާއްޖޭގެ އާބާދީގެ 7 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ. ތަފާސްހިސާބުތަކާއި ހަވާލާދީ އެ ވުޒާރާއިން ބުނީ، ދިވެހިރާއްޖޭގެ އާބާދީގެ ހަތް އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށެވެ. ނުކުޅެދުންތެރިކަމަކީ، މީހާގެ ޤާބިލުކަމަށް އޭގެ ސަބަބުން އަސަރުފޯރާ ކަމެއްކަމަށާއި، އަދި ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށްވުމަކީ މުޖުތަމަޢުއިން އެމީހަކު ބާކީކުރުވާ ސަބަބަކަށް ވެގެންދާ ޙާލަތްތައް ވެސް އަންކަމަށް އެ ވުޒާރާއި...

ޔުމްނާ ޢަލީ
ލޭ އެޅުމުގެ ޚިދުމަތްތަކުގެ ތަފާސްހިސާބުތައް ޑިޖިޓަލައިޒްކޮށްފި

ލޭ އެޅުމުގެ ޚިދުމަތްތަކުގެ ތަފާސްހިސާބުތައް ޑިޖިޓަލައިޒްކޮށްފި

ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒަކުން ދެމުންދާ ޚިދުމަތްތަކުގެ ތަފާސްހިސާބްތައް ޑިޖިޓަލައިޒްކޮށް ބަލަހައްޓަން ފަށައިފިއެވެ. ސިއްޙަތާބެހޭ ވުޒާރާއިން ވަނީ ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒަކުން ދެމުންދާ ޚިދުމަތްތަކުގެ ތަފާސްހިސާބްތައް ޑިޖިޓަލައިޒްކޮށް ބަލަހައްޓަން ފަށާފައިވާކަން މިއަދު ޢިއުލާންކޮށްފައެވެ. މިކަން ޢިއުލާންކުރެއްވީ ދުނިޔޭގެ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅިގެން މިއަދު ޤައުމީ ޔުނިވަރސިޓީގައި ބޭއްވުނު ރަސްމިއްޔާތުގައި ސިއްހަތާ ބެހޭ ވުޒާ...

ޔުމްނާ ޢަލީ
ނަޝީދު މާލެ ވަޑައިގެން ސިޔާސީ މަސައްކަތް ފައްޓަވައިފި

ނަޝީދު މާލެ ވަޑައިގެން ސިޔާސީ މަސައްކަތް ފައްޓަވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގެން ސިޔާސީ މަސައްކަތް އަމަލީ ގޮތުން ފައްޓަވައިފި އެވެ. ފަހަކަށް އައިސް ސިޔާސީ ކަންކަމުގައި އަމަލީ ގޮތުން ދުރުގައި ހުންނެވުމަށްފަހު، އެމަނިކުފާނުގެ ފުރަތަމަ ފެނިލުން ފެނިފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ ބައްދަލުކުރައްވައި، ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމާ އެކުގައެވެ. ސިޔާސީ ކަންކަމުން ފެޔަށް ޖެހިވަޑައިގެން، ރާއްޖޭން ބޭރުގައި މި ވަގުތު ދިރިއުޅުއްވާ ނަޝީދު، ފައްޔާޒްއާ ބައްދަލުކުރެއްވި އިރު، އަންނަ ރިޔާސީ އިންތިޚާ...

އަލީ އާދިލް
މަސްތުވާތަކެއްޗާއެކު އިނގުރައިދޫ އިން 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު އިނގުރައިދޫ އިން 62 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ރ. އިނގުރައިދޫއިން 62 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ މާލެ / ދަފްތަރު ނަންބަރު 2689، ޢަލީ ޝަރީފް (62 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރަށުތެރޭގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އަދި ވިޔަފާރިކުރާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު އިނގުރައިދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން ހިންގި މި އޮޕަރޭޝަންގައި އޭނާ ހުއް...

އަލީ އާދިލް
ވިންޑްސްކްރީން ތަޅައިގެން ގޮސް ދިޔަވަމުން ދިޔަ ލޯންޗަކަށް ފުލުހުން އެހީވެއްޖެ

ވިންޑްސްކްރީން ތަޅައިގެން ގޮސް ދިޔަވަމުން ދިޔަ ލޯންޗަކަށް ފުލުހުން އެހީވެއްޖެ

އއ. އަތޮޅުން މާލެއަށް ދަތުރުކުރި ލޯންޗެއްގެ ވިންޑްސްކްރީން ތަޅައިގެން ގޮސް، ލޯންޗަށް ދިޔަވަމުން ދަނިކޮށް ފުލުހުން އެ ލޯންޗަށް އެހީވެއްޖެއެވެ. މެރިން ޕޮލިހުން ބުނިިގޮތުގައި މިއަދު ހެނދުނު 8:08 ހާއިރު އއ. އަތޮޅުން މާލެއަށް ދަތުރުކުރި “ސެނޯރާ ވޭކް” ނަމަކަށް ކިޔާ ލޯންޗެއްގެ ވިންޑްސްކްރީން ތަޅައިގެން ދިއުމާ ގުޅިގެން ލޯންޗަށް ރާޅު އަރާތީ އެ ލޯންޗްގައި ތިބި މީހުން ސަލާމަތްކޮށްފައިވާކަމަށެވެ. މި ހާދިސާ ހިނގިއިރު އެ ލޯންޗްގައި 12 މީހުން ތިބިކަމަށާއި، މި ހާދިސާ ހިނގާފައިވަނީ ކ. ގިރާވަރު […]

ޔުމްނާ ޢަލީ
ވައިގަދަވެ ކުޅުދުއްފުށީ ގެއެއްގެ ފާރު ވެއްޓި ސައިކަލަކަށް ގެއްލުން ވެއްޖެ

ވައިގަދަވެ ކުޅުދުއްފުށީ ގެއެއްގެ ފާރު ވެއްޓި ސައިކަލަކަށް ގެއްލުން ވެއްޖެ

ވައިގަދަވުމުގެ ސަބަބުން ކުޅުދުއްފުށީ ސިޓީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މައްޗަށް ފާރެއް ވެއްޓި ގެއްލުންވެއްޖެއެވެ. މިރޭ ގާތްގަނޑަކަށް 8 ޖަހާ އެހާކަށް ހާއިރު ހިނގި މިހާދިސާގައި ބޯކޮށް ވާރޭވެހި ގެއްލުން ވެފައިވަނީ ޕޭމަންޓް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލަކަށެވެ.  މި ހާދިސާގައި ކުޅުދުއްފުށީގައި އަދި އިތުރު އެއް ގެއެއްގެ ވަށާފާރު ވެއްޓިފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމަށް މިހާތަނަށް ރިޕޯޓު ކޮށްފައެއް ނުވެއެވެ. މިހާރު މުޅި...

އައިޝަތު އައިނީ އާމިރު
ހޯރަފުށިން ހޯކްސްއަށް ދޫކުރި ބިމުގައި މަސައްކަތް ކުރަނީ ގަވާއިދާ ޚިލާފަށް: އެލްޖީއޭ

ހޯރަފުށިން ހޯކްސްއަށް ދޫކުރި ބިމުގައި މަސައްކަތް ކުރަނީ ގަވާއިދާ ޚިލާފަށް: އެލްޖީއޭ

ތެޔޮ އެތެރެކުރާ ކުންފުންޏެއް ކަމަށްވާ ހޯކްސްއަށް ހއ. ހޯރަފުށިން ދޫކޮށްފައިވާ ބިމުގައި މަސައްކަތް ކުރަމުން ދަނީ ގަވާއިދާ ޚިލާފަށް ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ. އެލްޖީއޭއިން މިހެން ބުނެފައި ވަނީ ހޯކްސްއަށް ބިމެއް ދިން މައްސަލާގައި އަމިއްލަ ފަރާތްކުން މަޖިލީހަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެކަން ސާފުކުރުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އެލްޖީއޭގައި އެދުމުން ދީފައިވާ ޖަވާބުގައެވެ. މިއަދު އޮތް މާލިއްުޔަތު ކޮމެޓީގައި މި މައްސަލަ ކުރިއަށްގެންގޮސްފައިވާ...

ޔުމްނާ ޢަލީ
ޖެމްކިއޫ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ވަނީ ކަށަވަރުކުރެވިފަ: ޕޮލިސް، ސީއެމްޑީއޭ

ޖެމްކިއޫ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ވަނީ ކަށަވަރުކުރެވިފަ: ޕޮލިސް، ސީއެމްޑީއޭ

ޖީ.އެމް.ސީ.އީ ނުވަތަ ޖެމްކިއޫގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުންދާ އިންވެސްޓްމަންޓް ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ދިވެހި ފުލުހުންގެ ޚިދުމަތުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ކަށަވަރުކޮށްދީފި އެވެ. ދިވެހި ފުލުހުން ނާއި ސީއެމްޑީއޭ އިން މިއަދު ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުން ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރި ތަޙުޤީޤުތަކުން ދައްކާގޮތުގައި، މި ސްކީމުގައި އާޓިފިޝަލ...

އަލީ އާދިލް
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. އަތޮޅުގައި

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ށ. އަތޮޅުގައި

ށ. އަތޮޅުގެ އޮޑިވެރިންނާއި މަސްވެރިންނަށް އަމާޒުކޮށްގެން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މި މަހުގެ 13 ވަނަ ދުވަހު ށ. ފުނަދޫގައި ފަށައިފިއެވެ. މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާމް އެވެ. މި ރަސްމިއްޔާތުގައި އަޕަރ ޕޮލިސް ރީޖަން ކޮމާންޑަރު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީ އާއި މެރިން ޕޮލިސްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޙަމީދު ޔޫސުފް އަދި ށ. […]

އިބްރާހިމް އަސްވާޤް
ކުރީގެ ސަރުކާރުން ފްލެޓް ދޭން ހެދި އެއްބަސްވުމަށް އަމަލުކުރަން އެންގުމުގެ އަމުރެއް ނުދެވޭނެ: ސިވިލް ކޯޓް

ކުރީގެ ސަރުކާރުން ފްލެޓް ދޭން ހެދި އެއްބަސްވުމަށް އަމަލުކުރަން އެންގުމުގެ އަމުރެއް ނުދެވޭނެ: ސިވިލް ކޯޓް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި ބައެއް މީހުންނާ ފްލެޓްތައް ހަވާލުކުރަން އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް ކުރީގެ ސަރުކާރުން ހަދައި، އޭގެ ތެރެއިން ބައެއް މީހުންނާ އެކު އެއްބަސްވުމެއް ހަދާފައިވެ އެވެ. ނަމަވެސް އެ މީހުންނަށް ފްލެޓްތައް ހަވާލު ނުކުރާތީ އޭގެ ތެރެއިން 15 މީހަކު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ […]

އަލީ އާދިލް
ސައިކަލަކާއި ފޯނުތަކަކާއި ސާމާނުތަކެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފި

ސައިކަލަކާއި ފޯނުތަކަކާއި ސާމާނުތަކެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ސައިކަލަކާއި ފޯނުތަކަކާއި އިތުރު ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ މިއަދު ބުނީ ވަގަށް ނަގާފައިވާ ސައިކަލަކާއި ފޯނުތަކަކާއި އިތުރު ސާމާނުތަކަކާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގަައި ފުލުހުން ހައްޔަރުކޮށްފައި ވަނަި ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 13 ވަނަ ދުވަހު މާލެތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި އޭނާ އެވ...

ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއެކު އުމުރުން ދުވަސްވީ މާލެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު އުމުރުން ދުވަސްވީ މާލެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓްތަކަކާއެކު 60 އަހަރުގެ މާލޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހައްޔަރުކުރެވުނު ފަރާތަކީ ހ. މެޑޯސްވީޓް / މާލެ، އަޙްމަދު ޢަފީފް (60 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ޖޫން މަހުގެ 13 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެ 10 ނަންބަރު ފްލެޓް ސަރަހައްދުންނެވެ. ފުލުހުން ހާމަކުރި ގޮތުގައި، އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރުމަށް އެންގުމުން، އޭނާގެ އަތުގައި [...

އަލީ އާދިލް
ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ރައީސް ނިންމަވައިފި

ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ރައީސް ނިންމަވައިފި

ރާއްޖޭގައި ޤައުމީ ފެންވަރުގައި އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރަން ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ. ރައީސްމިގޮތަށް ހަމަޖައްސަވާފައިވާކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައެވެ. މިގޮތުން ރައީސް ވަނީ މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، “ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ހަމަޖައްސަވާފައެވެ. ރައީސް ނެރުއްވި ދެންނެވުމުގައިވާގޮތުން ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މ...

ޔުމްނާ ޢަލީ