މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,859 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 230 ވަނަ ޞަފްޙާ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައުލޫމާތު އިންޓަޕޯލްގެ ގައުމުތަކަށް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައުލޫމާތު އިންޓަޕޯލްގެ ގައުމުތަކަށް

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ހުކުމް ތަންފީޒުކޮށްފައި ތިބޭ މީހުންގެ މައްޗަށް އިންޓަޕޯލް ގްރީން ނޯޓިސް ނެރެން ފަށައިފިއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން “ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު” އާންމުކޮށްފައިވެއެވެ. މި ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމައަށް ދޫކޮށްލާފައިވާ މީހުންގެ މައްޗަށް އިންޓަޕޯލް މެދުވެ...

ޔުމްނާ ޢަލީ
ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހި ޖުލައި މަހު ފަށަނީ

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހި ޖުލައި މަހު ފަށަނީ

ރާއްޖެއަށް ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް އޮތް ޖުލައި މަހުގެ 1 ވަނަ ދުވަހު ފަށަން ތައްޔާރުވަމުން އަންނަ ކަމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވެފައި ވަނީ ޕީއެސްއެމް އިން ގެނެސްދޭ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވިދާޅުވީ ދެވަނަ ފިޔަވަހީގައި ހިމެނޭނީ ރަނގަޅަށް ވަޒީފާ އަދާކުރާ މީހުންނަށް ގަވައިދުގެތެރެއަށް ވަނުމަށް ފުރުސަތު ފަހިކޮށް ދިނުމާއި، ބިދޭސ...

އިބްރާހިމް ޚަލީލް
ދާއޫދު މަގާމުން ވަކިކޮށްފި

ދާއޫދު މަގާމުން ވަކިކޮށްފި

މާލޭ ހ. ފެންޓެނޯއީ ގެއިން އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ދޮގު ބަޔާނެއް ދިންކަމަށް އެކަން ތަހްގީގްކުރި ކޮމިޝަންގެ ރިޕޯޓްގައި ބަޔާންކޮށްފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަޤާމުން އަހުމަދު ދާއޫދު ވަކިކޮށްފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިރޭ ވިދާޅުވެފައިވަނީ، 2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އުފެއްދެވި ޚާއްޞ...

ޔުމްނާ ޢަލީ
ޑޮލަރުން ސާވިސް ޗާޖު ނުދިނުމަކީ، މަކަރާއި ޙީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން: ޤާސިމް

ޑޮލަރުން ސާވިސް ޗާޖު ނުދިނުމަކީ، މަކަރާއި ޙީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން: ޤާސިމް

ފަތުރުވެރީން އަތުން ސާވިސްޗާޖު ނަގަނީ ޑޮލަރުންކަމަށާއި، އެހެންކަމުން އެ ހައްޤު ހަމަ އެގޮތަށް މުއައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުންކަމަށް ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ، ވިލާ ގްރޫޕްގެ ބާނީ ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކުން މާރުކުރަން ލާޒިމްކޮށް ހަދާފައިވާ ގަވާއިދުގެ ސަބަބުން، ރިސޯޓުތައް ހިންގަން ދަތިވާ ކަމަށް ބުނެ، މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު، ދިވެހި ފައިސާ އިން ދޭން ރާއްޖޭ ބައެއް ރިސޯޓުތަކުން އަންނަނީ […]

ޔުމްނާ ޢަލީ
ބްރޯޑްކޮމް އަށް ޒަމްޢަތު ޢައްޔަންކުރައްވައިފި

ބްރޯޑްކޮމް އަށް ޒަމްޢަތު ޢައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ގދ. ތިނަދޫ، މަލަ ޒަމްޢަތު އަޙްމަދު ވަޙީދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ޒަމްޢަތު އަޙްމަދު ވަޙީދު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ. ޒަމްޢަތު ބްރޯޑްކޮމްއަށް ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ 16 ޖޫން 2025 ގައެވެ. ޒަމްޢަތު ވަނީ 2022 ވަނަ އަހަރު އި...

ޔުމްނާ ޢަލީ
ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓައިފި

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ. އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހާ ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށް, ހައްޔަރުކުރި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން އޮތީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާ...

ހުސައިން ހަބީބް
ރާއްޖޭގެ ހުރިހާ ޙައްޖުވެރިން ވެސް އަތުވެއްޖެ

ރާއްޖޭގެ ހުރިހާ ޙައްޖުވެރިން ވެސް އަތުވެއްޖެ

ރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ހުރިހާ ޙައްޖުވެރިން ރާއްޖެ އަނބުރާ އަތުވެއްޖެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާދެއްވި މަޢުލޫމާތުގައިވާ ގޮތުން، ޙައްޖާޖީންގެ ފުރަތަމަ ގްރޫޕް ރާއްޖެ އައީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ދެވަނަ ގްރޫޕް މިމަހުގެ 14 ވަނަ ދުވަހު ރާއްޖެ އައިއިރު، ތިންވަނަ ގްރޫޕް އައީ މިމަހުގެ 16 ވަނަ ދުވަހުއެވެ. ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ. މިއަހަރަކީ ދިވެހި ޙައްޖުވެރިންގެ ތާރީޚުގައި […]

ޔުމްނާ ޢަލީ
ބޭސް ފޯރުކޮށްދިނުމުގައި ނާޖާއިރު މަންފާހޯދި ލަންކާގެ ޑޮކްޓަރަކު ހައްޔަރުކޮށްފި

ބޭސް ފޯރުކޮށްދިނުމުގައި ނާޖާއިރު މަންފާހޯދި ލަންކާގެ ޑޮކްޓަރަކު ހައްޔަރުކޮށްފި

ސްރީލަންކާގެ ޖެނެރަލް ހޮސްޕިޓަލަށް ބޭސް ހޯދުމަށް ގަސްދުގައި އިހުމާލުވެ، ޚިދުމަތް ހޯދަން އަންނަ މީހުންނަށް ބޭހަށް ދަތިކޮށް އަމިއްލަ ފާމަސީތަކުގައި ބޮޑު އަގުގައި ބޭސް ވިއްކި މައްސަލާގައި އެ ގައުމުގެ މަޝްހޫރު ނިއުރޯ ސަރޖަން ޑރ. މަހޭޝީ ވިޖެރަތްނެ އިއްޔެ ހައްޔަރުކޮށްފިއެވެ. ލަންކާ މީޑިއާގައި ބުނާގޮތުގައި މި މައްސަލާގައި ޑރ. ވިޖެރަތްނެ ގެ އިތުރުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ސްރީ ޖަޔަވަރުދަނަޕުރަ ޖެނެރަލް ހޮސްޕިޓަލްގެ ނަން މަޝްހޫރު ނިއުރޯ ސަރޖަން ޑރ. ވިޖެރަތްނެ އާއި އިތުރު […]

ޔުމްނާ ޢަލީ
މުރަކަ ރައްކާތެރިކުރުމަށް މަޝްރޫޢެއް ފަށައިފި

މުރަކަ ރައްކާތެރިކުރުމަށް މަޝްރޫޢެއް ފަށައިފި

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ދިވެހިރާއްޖޭގެ މުރަކަތަކާއި އެއާ ގުޅުންހުރި ތިމާވެށި ރައްކާތެރިކުރުމަށް އަމާޒުކޮށްގެން ކެޓެނޭޓް މަޝްރޫޢުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢަކީ ޤައުމީ އަދި ދުނިޔޭގެ ފެންވަރުގައި މުހިންމުކަން ދެވިފައިވާ މުރަކަތައް ރައްކާތެރިކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. “މުރަކަތަކަކީ އަޅުގަނޑުމެންގެ ޤައުމުގެ ތިމާވެށްޓަށާއި އިޤްތިޞާދަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް. މި މަޝްރޫޢުގެ ސަބަބުން އަޅުގަނޑުމެންނަށް މި މުހިންމު ވަސ...

ޔުމްނާ ޢަލީ
ނޭކުރެންދޫ ކުއްޖަކު މާލެއިން ގެއްލިގެން ހޯދަނީ

ނޭކުރެންދޫ ކުއްޖަކު މާލެއިން ގެއްލިގެން ހޯދަނީ

ހދ. ނޭކުރެންދޫ ކުއްޖަކު މާލެއިން ގެއްލިގެން ހޯދަމުންދާ ކަމަށް އެރަށު ކައުންސިލުން މިރޭ އިޢުލާންކޮށްފިއެވެ. ގެއްލިގެން ހޯދަމުންދަނީ އެރަށު 18 އަހަރުގެ ޢައިޝަތު ލަމިޔާއެވެ. ނޭކުރެންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ލަމިޔާ ގެއްލުނީ 16 ޖޫން 2025 ވަނަ ދުވަހުގެ ރޭ 8:30 ގައި ފިހާރައަކަށް ދިޔުމަށްފަހުއެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ލިބިފައި ނުވާކަމަށެވެ. “ތިލަދުންް” އަށް މަޢުލޫމާތު ދެމުން އެކުއްޖާގެ ބޭބެ ބުނެފައިވަނީ ލަމިޔާ އެންމެ ފަހުން […]

އަލީ އާދިލް
ޔުމްނު ވައްޓާލި ކަމަކަށް ނުބެލެވޭ: ރިޔާސީ ކޮމިޝަން

ޔުމްނު ވައްޓާލި ކަމަކަށް ނުބެލެވޭ: ރިޔާސީ ކޮމިޝަން

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި, ބަޔަކު އޭނާ އިމާރާތުން ވައްޓާލީ ކަމަށް ނުބެލެވޭ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފިއެވެ. މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓި، އަނިޔާވި ޔުމްނުގެ މައްސަލާގައި ފުލުހުންގެ ތަހުގީގާ މެދު އާންމުންގެ ފާޑުކިޔުންތައް ބޮޑުވުމުން އެ މައްސަލަ ބެލުމަށްޓަކައި އުފެއްދެވި ކޮމިޝަންގެ ރިޕޯޓް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުވުމުން އެ ރިޕޯޓް ވަނީ އާންމުކޮށްފަ އެވެ. ކޮމިޝަންގެ ރިޕޯޓުގައިވަނީ […]

ހުސައިން ހަބީބް
ޔޯގާ ހަމަނުޖެހުމުގެ މައްސަލައިގައި ގިނަ ދަޢުވާތަކެއް އަނބުރާ ގެންދަނީ

ޔޯގާ ހަމަނުޖެހުމުގެ މައްސަލައިގައި ގިނަ ދަޢުވާތަކެއް އަނބުރާ ގެންދަނީ

2022 ވަނަ އަހަރުގެ ޖޫން 21 ވަނަ ދުވަހު ގަލޮޅު ބޯޅަދަނޑު ސަރަހައްދުގައި ބޭއްވި ބައިނަލްއަޤްވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުމާ ގުޅިގެން ކޮށްފައިވާ ގިނަ ދަޢުވާތަކެއް އަނބުރާ ގެންދިއުމަށް ނިންމާފައިވާކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް) އިން މިއަދު ހާމަކޮށްފި އެވެ. ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގައި ދަޢުވާ ލިބިފައިވާ ފަރާތްތަކުން އެދުމުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ މައްސަލަ މުރާޖަޢާކޮށްފައި ކަމަށެވެ. “މުރާޖަޢާގ...

އިބްރާހިމް އަސްވާޤް
ނަޝީދާއި މުޅި ޑިމޮކްރެޓްސް އެމްޑީޕީއާ ގުޅެނީ

ނަޝީދާއި މުޅި ޑިމޮކްރެޓްސް އެމްޑީޕީއާ ގުޅެނީ

މަޖިލިސްގެ ކުރީގެ ރައީސް، އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނު އިސްކޮށް ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ހުރިހާ މެމްބަރުން އަނބުރާ އާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގުޅެން މިއަދު ނިންމައިފިއެވެ. ދަ ޑިމޮކްރެޓްސްގެ ގައުމީ މަޖިލީހުގެ މެމްބަރަކު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އޭނާ މައުލޫމާތުދިން ގޮތުގައި މިގޮތަށް ނިންމާފައި ވަނީ އެ ޕާޓީން މިއަދު ބޭއްވި ނުރަސްމީ ނެޝަނަލް އެސެމްބްލީގައެވެ. އެ ބައްދަލުވުމުގައި ވަނީ އެ ޕާޓީގެ ހުރިހާ މެމްބަރުން އެނބު...

ޔުމްނާ ޢަލީ
ކައުންސިލަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަތީބުންގެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

ކައުންސިލަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަތީބުންގެ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

ރަށްރަށުގެ ކައުންސިލަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާއި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒު ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ފުރުސަތު ދިނުމަށް ނިންމާފައި ވަނީ 50 ބައިވެރިންނަށެވެ. މި ޕްރޮގްރާމްގެ ބައިވެރިންނަށް ހުތުބާ ކިޔުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ، އެކަމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ތިން މަސް ދުވަހުގެ ކޯހެއް ފުރިހަމަ ކުރުމުންނެވެ. ކޯސ...

އިބްރާހިމް ޚަލީލް
ޔުމްނު މައްސަލާގައި ކޮމިޝަނުން އެކުލަވާލި ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި

ޔުމްނު މައްސަލާގައި ކޮމިޝަނުން އެކުލަވާލި ރިޕޯޓް އާންމުކުރަން ރައީސް އަންގަވައިފި

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް އެ އޮތްގޮތަށް އާންމުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަންގަވައިފިއެވެ. ރައީސް މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓް މިހާރު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މި ރިޕޯޓް އެއްކޮށް، އެއްވެސް އުނިއިތުރެއް ނުގެނެސް އާންމުކުރުމަށް ކޮމިޝަނަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. Re...

ޔުމްނާ ޢަލީ