އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި އަޅާ ދެ މިސްކިތުގެ ތެރެއިން ބަންގްލަދޭޝްގައި އަޅާ މިސްކިތުގެ ބިންގާ އެޅުމަށް މަރްޙޫމްގެ ދެ ދަރިން ބަންގްލަދޭޝް އަށް ފުރައިފިއެވެ.

ސައިޚް ޚިދުމަތްކުރެއްވި ޚިދުމަތް ޖަމިއްޔާއިން ވަނީ މީސްމީޑިއާގައި ކުރި ޕޯސްޓެއް މެދުވެރިކޮށް އެކަން ހާމަކޮށްފައެވެ.

Ad
rt

ޚިދުމަތް ޖަމިއްޔާއިން އާންމުކުރި ވޯޑިއޯ މެސެޖެއްގައި ސައިޚްގެ ދެ ދަރިން ވަނީ ބައްޕަގެ ހަނދާނުގައި ބަންގްލަދޭޝްގައި އަޅާ މިސްކިތުގެ ބިންގާއެޅުމަށް ފުރާކަމުގެ ޚަބަރު ދީފައެވެ.

ސައިޚްގެ ދެ ދަރިން ވަނީ އެކަމުގައި ބައިވެރިވި އެންމެނަށް ޝުކުރު އަދާކޮށްފައެވެ.

ޚިދުމަތް ޖަމިއްޔާއިން ހާމަކުރި ގޮތުގައި މި މިސްކިތް އަޅަން ނިންމާފައި ވަނީ ބަންގްލަދޭޝްގައި 250 ސްކައެއަރ މީޓަރގެ ބިމެއްގައެވެ. 455 މީހުންގެ ޖާގައިގެ މި މިސްކިތް ބިނާކޮށް ނިންމުމަށް 760،000 ރުފިޔާ ޚަރަދުވާނެކަމަށް އެ ޖަމިއްޔާއިން ވަނީ އަންދާޒާކޮށްފައެވެ.

ސެއިޚް ފަރީދު އަވަހާރަވީ މިދިޔަ 9 ޖޫން 2025 ވީ ހޯމަ ދުވަހު މެލޭޝިޔާ އަށް ވަޑައިގެން މަތިންދާބޯޓުން ފައިބާވަޑައިގަތް ވަގުތު ވެއްޓިވަޑައިގެން، ފަރުވާ ދެމުންދަނިކޮށް އޭގެ ފަހުން މާގިނަ އިރެއް ނުވަނީހެވެ.

އަލްމަރްހޫމް ފަރީދު ވަނީ މެލޭޝިޔާގައި 11 ޖޫން 2025 ގައި ފަސްދާނުލާފައެވެ. މަރްޙޫމް ފަސްދާނުލެވުނީ މިއަދު މެންދުރުނަމާދަށްފަހު މެލޭޝިޔާގެ ތަނާޙް ޕަރްކުބްރަން އިސްލާމް ރައުދުލް ބަޤީ ގަބުރުސްތާނުގައެވެ. ސެއިޚްގެ ކުރެވުނު ކަށުނަމާދު އޮތީ މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ސެލަންގޯގެ ހާޖީ ފީސަބީލިﷲ މިސްކިތުގައެވެ.