މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 205 ވަނަ ޞަފްޙާ

ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި އެއްވެސް ފައިދާއެއް ނުކުރާނެ ތަންތަނަށް އެބަދޭ: ރައީސް

ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި އެއްވެސް ފައިދާއެއް ނުކުރާނެ ތަންތަނަށް އެބަދޭ: ރައީސް

ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ދޫކުރާ ފައިސާ ބޭނުންކޮށްގެން ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާނެ ތަންތަނަށް ދަތުރުކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި، ބައެއް ކައުންސިލްތަކުން ޒިންމާދާރުކަން ކުޑަކޮށް ބްލޮކް ގްރާންޓާއި އާމްދަނީގެ ގޮތުގައި ލިބ...

ޔުމްނާ ޢަލީ
ޕޮލިސް ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި

ޕޮލިސް ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑާޓާ ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މިއަދު ހުޅުމާލެ ފޭސް 2 ގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ޑާޓާ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސައިބަރ ސެކިއުރިޓީ ހެޑް، ޑރ. މުޙައްމަދު އަލް ކުވައިތީއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މި ރަސްމިއްޔާތުގައި ޔޫއޭއީގެ ސައިބަރ ސެކިއުރިޓީ ކައުންސިލުގެ އިސް ބޭފުޅުންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނާ...

އަލީ އާދިލް
ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް ފަށައިފި

ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި، އޭޓީއެމްގެ ޚިދުމަތް ފަށައިފި

ބ. ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި، އެރަށުގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބެހެއްޓި އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. ކުޑަރިކިލު ސިއްޙީ މައުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައި، އެރަށުގެ އޭޓިއެމް ޚިދުމަތް އިފްތިތާޙްކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މިގޮތުން ކުޑަރިކިލުގައި އަލަށް ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ....

ޔުމްނާ ޢަލީ
ކުޑަރިކިލުގެ ހުރިހާ މަޝްރޫޢެއް ވެސް ކުރިއަށްގެންދާނީ ބާރު ދުވެލީގައި: ރައީސް

ކުޑަރިކިލުގެ ހުރިހާ މަޝްރޫޢެއް ވެސް ކުރިއަށްގެންދާނީ ބާރު ދުވެލީގައި: ރައީސް

ބ. ކުޑަރިކިލުގެ ހުރިހާ މަޝްރޫޢެއް ވެސް ކުރިއަށްގެންދަވާނީ ވަރަށް ގާތުން ވިލަރެސްކުރެވިގެން ބާރު ދުވެލީގައި ކަމުގެ ޔަޤީންކަން ކުޑަރިކިލުގެ ރައްޔިތުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ ރައީސް މިއަދު ބ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ފެއްޓެވި ދަތުރުފުޅުގައި މިއަދުގެ ދެވަނަ މަންޒިލެއްގޮތުގައި އެރަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ރިޔާސީ އިންތިޚާބުގައި އެރަށުގެ ރައްޔިތުންނަށް ވެވ...

ޔުމްނާ ޢަލީ
ރައީސް ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވައިފި

ރައީސް ކަމަދޫގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބ. ކަމަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށުގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް މިއަދު ފަށްޓަވައިދެއްވައިފިއެވެ. މި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައި ދެއްވައި ރައީސް ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އެމަނިކުފާނުގެ އަރިހުގައި ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރައީސް ވަނީ ކަމަދޫގައި އޭޓީއެމް ޚިދުމަތް ފެއްޓެވުމަށް ފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ކަމަދޫ ކައުންސިލުގެ...

ޔުމްނާ ޢަލީ
ކަމަދޫގައި އައު ސްކޫލެއް އިމާރާތްކޮށް ސީޕްލޭންގެ ޚިދުމަތް ފަށަނީ

ކަމަދޫގައި އައު ސްކޫލެއް އިމާރާތްކޮށް ސީޕްލޭންގެ ޚިދުމަތް ފަށަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބ. ކަމަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރަށުގެ ތަރައްޤީއަށް މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެއީ ކަމަދޫ ސްކޫލުގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމާއި، ރަށަށް ސީޕްލޭންގެ ޚިދުމަތް ފެށުމުގެ އެއްބަސްވުމެވެ. ކަމަދޫ ސްކޫލުގެ އައު އިމާރާތް އަޅަން ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގް ޑ...

ޔުމްނާ ޢަލީ
ކަމަދޫ ބާކީކުރެވި ޗާޓުން އެއްކިބާކުރެވިފައި އޮތް އޮތުމަށް ނިމުން ގެނެސްދޭނަން: ރައީސް

ކަމަދޫ ބާކީކުރެވި ޗާޓުން އެއްކިބާކުރެވިފައި އޮތް އޮތުމަށް ނިމުން ގެނެސްދޭނަން: ރައީސް

މާޅޮސްމަޑުލު ދެކުނުބުރި (ބ.އަތޮޅު) ކަމަދޫ މީގެ ކުރިން ތަރައްޤީގެ ލިސްޓުގައި ފަހަތުގައި އޮތް އޮތުމަށް ނިމުމެއް ގެނެސް، ހަމަހަމަކަމާއެކު ތަރައްޤީ ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން އެރަށު ރައްޔިތުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ. ރައީސް މިއަދު ވަނީ ބ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ދަތުރުފުޅެއް ފައްޓަވަވާފައެވެ. މި ދަތުރުފުޅުގައި މިއަދުގެ ފުރަތަމަ މަންޒިލެއްގޮތުގައި ރައީސް ވަޑައިގެންނެވީ އެ އަތޮޅު ކަމަދޫ އަށެވެ. އެރަށަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގަ...

ޔުމްނާ ޢަލީ
ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި ރޯވެއްޖެ

ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި ރޯވެއްޖެ

އެންއެޗް މޯލްޑިވްސް ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޯވެއްޖެއެވެ. އެމްއެންޑީއެފުން ބުނީ ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން މްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް ދަތުރުކުރަމުން އަންނަކަމަށެވެ. މި ވަގުތު އެ ރިސޯޓުގެ ފަޔަރ ޓީމެއް އެ ވޯޓާ ވިލާގައި ރޯވި އަލިފާން ނިއްވާލުމަށް ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނ...

ޔުމްނާ ޢަލީ
ރައީސް ބ.އަތޮޅަށް ފުރާވަޑައިގެންފި

ރައީސް ބ.އަތޮޅަށް ފުރާވަޑައިގެންފި

ބ.އަތޮޅު (މާޅޮސްމަޑުލު ދެކުނުބުރީ)ގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަކަށް ވެސް ރައީސް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ރަށްތަކަކީ، ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަން، ދަރަވަންދޫ އަދި...

ޔުމްނާ ޢަލީ
ގުޅިފަޅުގެ 843 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފި

ގުޅިފަޅުގެ 843 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 843 ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާ ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ. ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގައެވެ. މި މަސައްކަތް އަލުން ފެށުމަށް ނިންމާފައިވަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގަން ޖެހުމާ ގުޅިގެންނެވެ. ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ކުރިނ...

ޔުމްނާ ޢަލީ
އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް މިފްކޯއިން މިއަހަރު ފަށަނީ

އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް މިފްކޯއިން މިއަހަރު ފަށަނީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި ގަތުމުގެ ތައްޔާރީތައް މިއަހަރު ފަށާނެކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް އެ ކުންފުނިން ކޮށްފައިވާ ކަމަށެވެ. މިގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއިން ގަތުމުގެ މ...

ޔުމްނާ ޢަލީ
އެކްސިޑެންޓެއްގައި އަންހެނަކަށާއި 15 އަހަރާއި 16 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ

އެކްސިޑެންޓެއްގައި އަންހެނަކަށާއި 15 އަހަރާއި 16 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށާއި 15 އަހަރާއި 16 އަހަރުގެ ކުއްޖަކަށް އަނިޔާވެއްޖެއެވެ. ފުލުހުން މިރޭ ބުނިގޮތުގައި އައްޑޫ ސިޓީގެ ހިތަދޫ ހީނާ މަގުގައި ދެ ސައިކަލް ޖެހި މިރޭ ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 21:17 ހާއިރުއެވެ. މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލް ދުއްވި އަންހެންމީހާ އަށް އަނިޔާވެފައިވާއިރު، އަނެއް ސައިކަލް ދުއްވި 15 އަހަރުގެ ފިރިހެން ކުއްޖާ އާއި އެ ސައިކަލް ފަހަތުގައި […]

ޔުމްނާ ޢަލީ
އިސްރާއީލްގެ ޣައްޒާ ހިފުމުގެ ޕްލޭނާ ދެކޮޅަށް މުސްލިމް ޤައުމުތައް އެއްބައިވާންޖެހޭ: ތުރުކީ

އިސްރާއީލްގެ ޣައްޒާ ހިފުމުގެ ޕްލޭނާ ދެކޮޅަށް މުސްލިމް ޤައުމުތައް އެއްބައިވާންޖެހޭ: ތުރުކީ

އިސްރާއީލުން ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިކުރުމަށް މުސްލިމް ޤައުމުތަކުން އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށް މިސުރުގައި ބޭއްވުނު މަޝްވަރާތަކަކަށްފަހު ތުރުކީގެ ފޮރިން މިނިސްޓަރ ހަކަން ފިދާން ވިދާޅުވެއްޖެއެވެ. މިސުރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީއާ ބައްދަލުކުރެއްވުމަށްފަހު އެލް އަލަމެއިންގައި މިސުރުގެ ފޮރިން މިނިސްޓަރާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމިކް ކޯޕަރޭޝަންގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައިވާ ކަ...

ޔުމްނާ ޢަލީ
ރާއްޖޭގެ ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާގައި ބައިވެރިވުމަށް ހުޅުވާލައިފި

ރާއްޖޭގެ ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާގައި ބައިވެރިވުމަށް ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ދެވަނަ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ (އިންޒެކް 2025) ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި މަހުގެ 23 ވަނަ ދުވަހު އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި އާންމު ފަރުދުންނަށް ވެސް ބައިވެރިވެވޭނެއެވެ. މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ޚާއްޞަކޮށްފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މ...

ޔުމްނާ ޢަލީ
އޮޓޮޕްސީ ހެދުމަށްފަހު މޫސަ ވަޅުލައިފި

އޮޓޮޕްސީ ހެދުމަށްފަހު މޫސަ ވަޅުލައިފި

ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި މަރުވި އެރަށު ނަލަހިޔާ، މޫސާ އިބްރާހީމް (29އ)ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށްފަހު މާލެ ގެނެސް މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާގައި ވަޅުލައިފި އެވެ. މޫސާ އިބްރާހީމްގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންދިޔައީ މިމަހުގެ ހަވަނަ ދުވަހު އެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރެވުނީ ޖުލައި 28 ވަނަ ދުވަހުގެ ހެނދުނު 10:12 ހާއިރުއެވެ. މޫސާ އިބްރާހީމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައ...

އަލީ އާދިލް