މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 200 ވަނަ ޞަފްޙާ

އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ހިތްވަރާއި ޤުރުބާނީގެ އަގުވަޒަންކުރަން: ރައީސް

އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ހިތްވަރާއި ޤުރުބާނީގެ އަގުވަޒަންކުރަން: ރައީސް

އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ހިތްވަރާއި ޤުރުބާނީގެ އަގުވަޒަންކުރައްވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ. މި މެސެޖުގައި ރައީސް ވަނީ، ޙާލުގައިޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމިއްލަ ފުރާނައިން ޤުރުބާންވެފައިވާ އިންސާނީ އެހީތެރީންގެ ޛިކުރާ އާކުރައްވާފައެވެ. ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި ވޭތުވެދިޔަ ދެތިން އ...

ޔުމްނާ ޢަލީ
ކުށް ހިންގާ ސަރަހައްދުތަކަށް 18 އަހަރު ނުފުރޭ ފިރިހެން ކުދިން އެއްވުން އިތުރުވާތީ ކަންބޮޑުވުން

ކުށް ހިންގާ ސަރަހައްދުތަކަށް 18 އަހަރު ނުފުރޭ ފިރިހެން ކުދިން އެއްވުން އިތުރުވާތީ ކަންބޮޑުވުން

ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާތީ އެކަމާ ސަމާލުވެ، އެ ކުދިން ކުށަށް ހުށަހެޅޭ ކުދިންކަމުގައި ނުހެދުމަށް އެއްބާރުލުން ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފައެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ޚިދުމަތުން ދުވަހުން ދުވަހަށް ކުރަމުން އަންނަ އާންމު ޕެޓްރޯލިން އާއި އެ ޚިދުމަތުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ކުށް ހިންގާ ސަރަހައްދުތަކުގައި […]

ޔުމްނާ ޢަލީ
ހިމަންދޫ ފެނާއި ނަރުދަމާ އިފްތިތާޙްކޮށް، ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފި

ހިމަންދޫ ފެނާއި ނަރުދަމާ އިފްތިތާޙްކޮށް، ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ހުޅުވައިފި

އއ. ހިމަންދޫގައި ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށް، އެރަށު ޞިއްޙީ މަރުކަޒުގެ އައު އިމާރާތް މިއަދު ހުޅުވައިފިއެވެ. މި ޚިދުމަތްތައް އިފްތިތާޙުކޮށްދެއްވީ ރައީސްޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ހިމަންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ. ހިމަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ހިމަންދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން 6.35 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ޤާއިމުކޮށް، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށްފައިވެއެވެ. މީ...

ޔުމްނާ ޢަލީ
ރައީސް އއ. އަތޮޅަށް ފުރާވަޑައިގެންފި

ރައީސް އއ. އަތޮޅަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު އުތުރުބުރީ (އއ.އަތޮޅު)ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ރައީސް މުޢިއްޒު، އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވ...

ޔުމްނާ ޢަލީ
ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އުވާލައި އައު ކޮމިޝަނެއް އުފެއްދުމުގެ ބިލެއް ހުށަހަޅައިފި

ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އުވާލައި އައު ކޮމިޝަނެއް އުފެއްދުމުގެ ބިލެއް ހުށަހަޅައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި  މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އުވާލައި، “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން” ގެ ނަމުގައި އައު ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މި ބަދަލު ގެންނަން  ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. ހަންނާނު ހުށަހެޅުއްވި މި ބިލުގެ ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓ...

ޔުމްނާ ޢަލީ
ސައިކަލު މަޑިދަށުގައި ހުރި ޑްރަގް ނަގައިގެން ފިލަން އުޅުނު މީހަކު ހައްޔަރު

ސައިކަލު މަޑިދަށުގައި ހުރި ޑްރަގް ނަގައިގެން ފިލަން އުޅުނު މީހަކު ހައްޔަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކަލައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ލ. އިސްދޫ / ހިޔަލީގުލްޝަން، އަޙްމަދު ނަޝީދު (38އ) ކަމަށެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ފުލުހުން ރަށުތެރޭގައި ޕެޓްރޯލްކުރަމުން ދަނިކޮށް، އޭނާގެ ޢަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރުމަށްފަހުއެވެ. ފުލުހުން ބުނާ ގޮތުގައި ސައިކަލެއްގައި ދަތުރުކުރަމުންދިޔަ އަޙްމަދު ނަޝީދު ހުއްޓުވި ވަގުތު، ސައިކަލ...

ޔުމްނާ ޢަލީ
މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީތައުލީމަށް ކިޔެވުމުގެ ފުރުސަތު

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީތައުލީމަށް ކިޔެވުމުގެ ފުރުސަތު

މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުންނެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން މި ސްކޮލާޝިޕް ޕްރޮގްރާމް ކުރިއަށް ގެންދަނީ ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ދިވެހި ސަރުކާރާއި ވާރލްޑް ބޭންކާ ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދަށުނ...

ޔުމްނާ ޢަލީ
ޑްރަގްގެ ދެ އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރުކޮށްފި

ޑްރަގްގެ ދެ އޮޕަރޭޝަނެއްގައި ނުވަ މީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުން ފ. ނިލަންދޫގައި ހިންގި މަސްތުވާތަކެތީގެ ތިން އޮޕަރޭޝަނެއްގައި ޖުމްލަ 9 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި، މި އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނަކީ ނިލަންދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ 16 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައ...

ޔުމްނާ ޢަލީ
ނިއުޕޯޓްވިއުގެ ކުލީގެ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި

ނިއުޕޯޓްވިއުގެ ކުލީގެ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި

ނިއުޕޯޓްވިއު ރެސްޓޯރަންޓް ހިންގި ބިމުގެ ކުއްޔަށް ސްޓްރާޑާ ކުންފުނިން 1.1 މިލިއަން ރުފިޔާ ނުދައްކާ މައްސަލަ ދައުލަތުން އަނބުރާ ގެންގޮސްފި އެވެ. ނިއުޕޯޓް ހިންގި ބިން ސްޓްރާޑާ ކުންފުންޏަށް ސަރުކާރުން ދިނީ 2016 ވަނަ އަހަރު އެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2019 ވަނަ އަހަރު އެ ބިމުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރި އެވެ. ސިވިލް ކޯޓުން 2019 ވަނަ އަހަރު ވަނީ އެ ބިން ދައުލަތާ ހަވާލުކޮށް އަދި ކުލީގެ […]

ހުސައިން ހަބީބް
ޖަޕާނުން ދިވެހި ފުލުހުންނަށް ފަސް ލޯންޗު ހަދިޔާކޮށްފި

ޖަޕާނުން ދިވެހި ފުލުހުންނަށް ފަސް ލޯންޗު ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަނޑުމަތީގެ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ފަސް ލޯންޗު ހަދިޔާކޮށްފިއެވެ. މި އުޅަނދުތައް ރަސްމީކޮށް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދޫނިދޫގައެވެ. މި ރަސްމިއްޔާތުގައި، ޖަޕާން ސަރުކާރުގެ ފަރާތުން މި އުޅަނދުތައް ދިވެހި ފުލުހުންނާ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވ...

ޔުމްނާ ޢަލީ
ބަންދުގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ބަންދުގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ހުއްޓައި ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި އެވެ. ނިޔާވި މީހާއަކީ ގ. ޒާމިއާ / މާލެ، އަޙްމަދު އަފްރާޙް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަފްރާހް ނިޔާވިކަން ހާމަކޮށް ފުލުހުން އިއްޔެ ބުނެފައިވަނީ، ފުލުހުންގެ އަތޮޅުވެހީގެ 07 ނަންބަރު ގޮޅީގައި ބަންދުކޮށްފައި ހުރި އަފްރާޙްގެ ހާލަތު އާދީއްތަ ދުވަހުގެ ފަތިހު 05:50 އެހައިކަށްހާއިރު ބެލިއިރު ހަރަކާތް ހުއްޓިފައިވާކަން ފާހަގަކުރެވުނުކަމަށެވެ. އެހެންވެ އޭނާ އައިޖީއެމްއެޗްއަށް ގެންދިޔަކަމަށާއި، އޭނާ ހޮސްޕި...

ޔުމްނާ ޢަލީ
2027 ގެ ނިޔަލަށް ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރާ ބިލު ތަޞްދީޤުކުރައްވައިފި

2027 ގެ ނިޔަލަށް ފެނާއި ނަރުދަމާ ޤާއިމުކުރުން ލާޒިމްކުރާ ބިލު ތަޞްދީޤުކުރައްވައިފި

2027 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އެންމެހާ މީހުން ދިރިއުޅޭ ރަށްތަކުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުން ލާޒިމްކުރާ ފެނާއި ނަރުދަމާގެ ޤާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުޢިއްޒު، މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރަށްވާފައި ވަނީ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި، 11 އޮގަސްޓު 2025 ގައެވެ. މި ބިލުގައިވާ އިސްލާހުގެ މައިގަނޑު މަޤްސަދަކީ، ދިވެހިރާއްޖޭގެ އެންމެހާ މީހުން ދިރިއުޅޭ ރަށްތަކުގައި، […]

ޔުމްނާ ޢަލީ
އޭޖީ އޮފީހުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފި

އޭޖީ އޮފީހުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤުކުރައްވައިފި

ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤުކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރީ 12 އޮގަސްޓު 2025 ވީ އަންގާރަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 24 ވަނަ ޖަލްސާގައެވެ. މި ބިލުގައި ބަޔާންކޮށްފައިވާގޮތުން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ވުޒާރަތަކަށް ހިނގާ އުސޫލުތައް ބަންޑާރަނައިބުގެ އޮފީހުގެ މައްޗަށްވެސް ހިނގާނެއެވެ. އަދި ބަންޑާރަނައިބުގެ އޮފީހުގެ މަގާމުތަކުގެ...

ޔުމްނާ ޢަލީ
އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށްފަށާ މުބާރާތެއްކަމަށްވާ، އެޓޯލް ޗެމްޕިއަންޝިޕް 2025/2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އެފްއޭއެމްގެ އަލަށް އެކުލަވާލި ރާއްޖޭގެ ފުޓްބޯޅަ ލީގު އޮނިގަނޑުގެ ދަށުން ބާއްވާ ފުރަތަމަ މުބާރާތެވެ. މި މުބާރާތް ކުރިއަށްދާނީ ރާއްޖެ ހަތަރު ރީޖަނަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ތިން ރީޖަންގައި މުބާރާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ރަށްތަކުން 2025 ސެޕްޓެމްބަރު 1 ގެ...

ޔުމްނާ ޢަލީ
މަސްވެރިކަމަށް ޒުވާނުން ޝައުގުވެރިކުރަން ހިންގާ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

މަސްވެރިކަމަށް ޒުވާނުން ޝައުގުވެރިކުރަން ހިންގާ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

މަސްވެރިކަމަށް ޒުވާނުން ޝައުގުވެރިކޮށް އަހުލުވެރިކަން އިތުރު ކުރުމަށް ބާއްވާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުންނެރުމަށް ކަމާއިގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފަހި ކޮށްދިނުމުގެ ގޮތުން ވާލްޑު ބޭންކު ގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓ...

އިބްރާހިމް ޚަލީލް