މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,848 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 187 ވަނަ ޞަފްޙާ

މަޝްއަރު އުމްރާ ގްރޫޕްގެ ވެރިޔާ ތިން އަހަރަށް ޖަލަށް

މަޝްއަރު އުމްރާ ގްރޫޕްގެ ވެރިޔާ ތިން އަހަރަށް ޖަލަށް

އުމްރާއަށް މީހުން ގެންދިއުމާ ގުޅޭ އެކި މައްސަލަތައް ކުރިމަތިވެފައިވާ މަޝްއަރު ގްރޫޕުން ދޫކުރި ޗެކެއް ބައުންސްވި މައްސަލާގައި އެ ކުންފުނީގެ ވެރިޔާ އަލީ ފާރިޝް ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މަޝްއަރު ގްރޫޕުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ނެތި މީހުންގެ އަތުން ފައިސާ ނެގުމާއި އަދި އުމްރާއަށް މީހުން ގެންދިއުމަށްފަހު އެ މީހުން އަނބުރާ ނުނެގެނެވިގެން އެކިފަހަރުމަތިން މައްސަލަތައް ކުރިމަތިވެފައިވެ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި އެ ކުންފުނީގެ ވެރިޔާ ފާރިޝްގެ...

ހުސައިން ހަބީބް
އެއްވެސް ބެލުމެއްނެތި ދޮގު ވާހަކަ ފެތުރުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން: ރައީސް

އެއްވެސް ބެލުމެއްނެތި ދޮގު ވާހަކަ ފެތުރުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން: ރައީސް

އެއްވެސް ބެލުމެއްނެތި، ތެދު ޙަޤީޤަތެއް ނެތް ދޮގު ވާހަކަތައް ފެތުރުމަކީ ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ކަމެއްގައިވެސް ދޮގެއްނުކުރުމުގެ އުސޫލުތަކެއް އޮންނަ ކަމަށާއި، އަޅުގަނޑުމެން މުސްލިމުންނަށްވީތީ އިލާހީ ޤާނޫނެއް އޮންނަކަމަށެވެ...

ޔުމްނާ ޢަލީ
މެމްބަރު ފަލާހް ހުޅުމާލެއިން 28 މިލިއަނަށް ބިމެއް ބައްލަވައިގެންފި

މެމްބަރު ފަލާހް ހުޅުމާލެއިން 28 މިލިއަނަށް ބިމެއް ބައްލަވައިގެންފި

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ހުޅުމާލޭގެ ބިމެއް 28.7 މިލިއަން ރުފިޔާއަށް ބައްލަވައިގެންފި އެވެ. ފަލާހް ބައްލަވައިގަތީ ހުޅުމާލެ ފޭސް 2 ގެ 3،250 އަކަފޫޓުގެ އަމިއްލަ ބިމެކެވެ. އެ ބިމުގެ އަގަކީ 26.6 މިލިއަން ރުފިޔާ އެވެ. ޖީއެސްޓީއާ އެކު ބިމުގެ އަގަކީ 28.7 މިލިއަން ރުފިޔާ އެވެ. އެ އަގު އެޗްޑީސީއަށް ފަލާހް އެއްކޮށް ދައްކާފައިވާތީ އެ ބިން ފަލާހަށް މިލްކުވެފައިވާ ކަމަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވެ އެވެ. […]

ހުސައިން ހަބީބް
ކުރީގެ ރައީސުންނާއި މެންބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކުރުމަށް މަޖިލީހުގެ ދެން ފެށޭ ދައުރުގައި ހުށަހަޅަނީ

ކުރީގެ ރައީސުންނާއި މެންބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކުރުމަށް މަޖިލީހުގެ ދެން ފެށޭ ދައުރުގައި ހުށަހަޅަނީ

ކުރީގެ ރައީސުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ލިބޭ ބައެއް އިނާޔަތްތައް އުނިކޮށް، އެކަންކަމަށް އިސްލާހު ގެނައުމަށްޓަކައި މަޖިލީހުގެ ދެން ފެށޭ ދައުރުގައި ހުށަހަޅުއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ “ރައްޔިތުންނާ އެކު” ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ. މި ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގެ ރައީސުންނަށް މިހާރު ލިބެމުންދަނީ ވަރަށް ބޮޑު އިނާޔަތެ...

ޔުމްނާ ޢަލީ
ޔާމީންގެ މައްސަލާގެ ޝަރީއަތް މިމަހު ސުޕްރީމް ކޯޓުން ބާއްވަނީ

ޔާމީންގެ މައްސަލާގެ ޝަރީއަތް މިމަހު ސުޕްރީމް ކޯޓުން ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރުމުގައި އާ ހެކިތައް ބަލައިނުގަތުމަށް އެންގި މައްސަލާގެ ޝަރީއަތް މި މަހު ބާއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށުގައި ހަތް އަހަރަށް އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް ކްރިމިނަލް ކޯޓުން ޑިސެމްބަރު 2022 ގައި އިއްވި […]

ހުސައިން ހަބީބް
ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމު ޤާނޫނަށް ޢަމަލުކުރަން ފަށައިފި

ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމު ޤާނޫނަށް ޢަމަލުކުރަން ފަށައިފި

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމު ޤާނޫނަށް ރެއިން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ. ”ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު” ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 15 ސެޕްޓެންބަރު ވީ ހޯމަ ދުވަހު، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ (5)ގައެވެ. މި ބިލުގައިވާގޮތުން މި ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ. މިގޮތުން ރައީސް ޑރ. މުޙައްމަދު...

ޔުމްނާ ޢަލީ
ސީއެސްސީގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ސީއެސްސީގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ އެންމެ އިސް މަޤާމުތަކަށް އައު ބޭފުޅުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ޢައްޔަންކުރައްވައިފިއެވެ. މި ގޮތުން ސީއެސްސީގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު މުޖްތާޒް އަދި ނައިބު ރައީސްކަމުގެ މަޤާމަށް މުޙައްމަދު ނާޞިޙް ވަނީ ޢައްޔަންކުރައްވާފައެވެ. ނާސިހަކީ މި ދިޔަ ދައުރުގެ އެ ކޮމިޝަންގެ ރައީސެވެ. އޭނާގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން އެ ކޮމިޝަނަށް އައްޔަން ކުރެއްވީ މި މަހުގެ 7 ގައެވެ. ހަނިމާދޫ ދާއިރާގެ 17 ވަނަ […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ބާއްވާ ކޮމަންވެލްތް ބީޗްހޭންޑް ބޯލް މުބާރާތުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

ކުޅުދުއްފުށީގައި ބާއްވާ ކޮމަންވެލްތް ބީޗްހޭންޑް ބޯލް މުބާރާތުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

ކުޅުދުއްފުށި ސިޓީގައި މިމަހު 18 ވަނަ ދުވަހު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ ޕާޓްނަރުންނާއެކު ހޭންޑްބޯލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށި ސިޓީގައި މުޅި ޖުމްލަ 8 ފަރާތަކުން ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި އެ ފަރާތްތަކާއެކު ހޭންޑްބޯލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް އަލްފާޟިލް އަޙުމަދު މުޖުތަބާއެވެ. މިގޮތުން ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ކުޅުދުއްފުށީގައި ސޮއިކުރެއްވި ފަ...

އައިޝަތު އައިނީ އާމިރު
ހަންނާނުގެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި

ހަންނާނުގެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި

ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” މަޖިލީހުގެ ތަޅުމުން މިރޭ ފާސްކޮށްފިއެވެ. ބައެއް ނޫސްވެރިންނާއި އާންމުން ބިލާ ދެކޮޅަށް އިހްތިޖާޖު ކުރަމުން ދަނިކޮށް ބިލް ފާސްކުރީ 60 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް އެއް މެމްބަރަކު ވޯޓުދެއްވިއެވެ. މި ބިލާއި އެއްކޮޅަށް ވެސް ސަރުކާރަށް ތާއީދު ކުރާ ބަޔަކު މިއަދު ވަނީ އިހުތިޖާޖުކޮށްފައެވެ. މި ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީނ...

ޔުމްނާ ޢަލީ
ހޯރަފުށި، ނޮޅިވަރަންފަރު، ހަނިމާދޫ ހިމެނޭހެން 7 ރަށެއްގެ މިސްކިތްތަކަށް މުސްޙަފް

ހޯރަފުށި، ނޮޅިވަރަންފަރު، ހަނިމާދޫ ހިމެނޭހެން 7 ރަށެއްގެ މިސްކިތްތަކަށް މުސްޙަފް

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިތުރު 7 ރަށެއްގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލްއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އުއްމީދު ޖަމިއްޔާއާއެވެ. މި އެއްބަސްވުމުގެ ދަށުން މުސްޙަފް ހަދިޔާކުރާނެ ރަށްތަކުގ...

ޔުމްނާ ޢަލީ
ރައީސް ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި

ރައީސް ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤަޠަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ ގަތަރުގެ ވެރިރަށް ދޯހާގައި އިއްޔެ ކުރިއަށް ދިޔަ އެއް ދުވަހުގެ ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ސަމިޓުގައި އެމަނިކުފާނު ތަޤްރީރުކުރަށްވާފައިވާއިރު، އެ ތަޤްރީރުގައި، އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްޙައަށް ދިން ހަމަލާއެއްކަމުގައި...

ޔުމްނާ ޢަލީ
މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު: ކެޕްސޫލް ވަޅުލުމުގެ ހަރަކާތް ބާއްވައިފި

މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު: ކެޕްސޫލް ވަޅުލުމުގެ ހަރަކާތް ބާއްވައިފި

ށ. މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފާހަގަކުރުމުގެ ގޮތުން ވަޅުލަން ނިންމި “ޓައިމް ކެޕްސޫލް” މިއަދު ވަޅުލައިފިއެވެ. މިލަންދޫ ކައުންސިލުން މި ކެޕްސޫލަށް އެޅުމަށް ހުޅުވާލީ މީގެ 25 އަހަރު ފަހުން މިލަންދޫ އޮންނާނެގޮތުގެ ތަސައްވުރު ހިމެނޭ ލިޔުމާއި ފޮޓެވެ. މި މަހުގެ 14 އަދި 15 ވަނަ ދުވަހު މި ކެޕްސޫލަށް ލިޔުމާއި ފޮޓޯ އެޅުމަށް ފުރުސަތު ހުޅުވާލައި އެ ފުރުސަތު މިލަންދޫ ކައުންސިލުން ވަނީ ރޭ 10:00 އާއި ހަމައަށް ރައްޔިތުންނަށް ދީފައެވެ. އެއަށްފަހު […]

ޔުމްނާ ޢަލީ
ޣައްޒާގެ ރައްޔިތުންގެ ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް ހަމައެކަނި ލަފުޒުތަކަކުން ނުފުދޭނެ: ރައީސް

ޣައްޒާގެ ރައްޔިތުންގެ ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް ހަމައެކަނި ލަފުޒުތަކަކުން ނުފުދޭނެ: ރައީސް

ޣައްޒާގެ ރައްޔިތުންގެ ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް ހަމައެކަނި ލަފުޒުތަކަކުން ނުފުދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޤަޠަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ސަމިޓްގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް އެ ޤައުމުގެ ލީޑަރުން ޖަވާބުދާރީކުރުވަންޖެހޭ ކަމަށާއި، މިކަމަށްޓަކައި ރ...

ޔުމްނާ ޢަލީ
ރާއްޖެއިން ޤަޠަރާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވައިފި

ރާއްޖެއިން ޤަޠަރާއެކު އަބަދުވެސް ސާބިތުކަންމަތީ ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވައިފި

ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީއާ ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ. ޝެރަޓަން ދޯހާ ހޮޓެލްގައި ބޭއްވެވި މި ބައްދަލުވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި، ސަރަހައްދީ މުހިންމު މައްސަލަތަކާމެދު މަޝްވަރާކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި، އިސްރާއީލުން ޤަޠަރަށް އެޅި ޢުދުވާނީ ހަމަލާގައި ގިނަ ބަޔަކު ޝަހީދުވުމާ ގުޅިގެން ރައީސް މުޢިއްޒު ހިތާމަފުޅު ފާޅުކުރައްވައި، ޤަޠަ...

ޔުމްނާ ޢަލީ
ގަތަރަށް ދޭން ޖެހޭނީ ޙަމަލާއެއް ނޫން، އެ ޤައުމަށް ޙައްޤުވަނީ އެކުރާ މަސައްކަތުގެ އަގުވަޒަންކުރުން: ރައީސް

ގަތަރަށް ދޭން ޖެހޭނީ ޙަމަލާއެއް ނޫން، އެ ޤައުމަށް ޙައްޤުވަނީ އެކުރާ މަސައްކަތުގެ އަގުވަޒަންކުރުން: ރައީސް

ޤަޠަރަށް ދޭން ޖެހޭނީ ޙަމަލާއެއް ނޫންކަމަށާއި، އެ ޤައުމަށް ޙައްޤުވަނީ، އެކުރާ މަސައްކަތުގެ އަގުވަޒަންކުރުންކަމަށް ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޤަޠަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް މުޢިއްޒު ވަނީ އިސްރާއީލުން ޤަޠަރަށް ދިން ހަމަލާ ކުށްވެރިކުރައްވައި، އެއީ އެ ޤައުމުގެ އިސްތިޤުލާލަށް އަރައިގަތުންކަމަށާއި، ޢަރަބި އަދި އިސްލާމީ އެންމެހައި...

ޔުމްނާ ޢަލީ