ކުޅުދުއްފުށި ސިޓީގައި މިމަހު 18 ވަނަ ދުވަހު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ ޕާޓްނަރުންނާއެކު ހޭންޑްބޯލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށި ސިޓީގައި މުޅި ޖުމްލަ 8 ފަރާތަކުން ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި އެ ފަރާތްތަކާއެކު ހޭންޑްބޯލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް އަލްފާޟިލް އަޙުމަދު މުޖުތަބާއެވެ.

Ad
rt

މިގޮތުން ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ކުޅުދުއްފުށީގައި ސޮއިކުރެއްވި ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ކުޅުދުއްފުށި ސިޓީ ކައުންސިލް
  • ކުޅުދުއްފުށި ސިޓީ އެއާޕޯޓު
  • ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލް
  • ކުޅުދުއްފުށި ސިޓީ ޕޮލިސް
  • ފެނަކަ ކުޅުދުއްފުށީ ބްރާންޗު
  • ދިރާގު
  • މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ
  • މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރެކްރިއޭޝަން

މި 8 ފަރާތްތަކެވެ.

މި ސެޕްޓެމްބަރ މަހު 18 އިން 22 އަށް ކުރިއަށްގެންދާ މި މުބާރާތުގައި ދިވެހިރާއްޖެ ހިމެނޭހެން ވާދަކުރާ 6 ޤައުމަކީ، އިންޑިއާ، ޕާކިސްތާނު، ސައުތު އެފްރިކާ، ބަންގްލަދޭޝް އަދި ސްރިލަންކާއެވެ.

މިގޮތުން މި މުބާރާތުގައި އެންމެ ފުރަތަމަ ވާދަކުރުމަށް ހަމަޖެހިފައިވަނީ މި މަހު 18 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 5:30 ގައި ސްރީލަންކާ އަދި ދިވެހިރާއްޖެ ބައްދަލުރާ މެޗުންނެވެ. އަދި ހަމަ އެ ރޭ 8 ޖަހާއިރު ބަންގަލަދޭޝް އާއި ސައުތު އެފްރިކާ ބައްދަލުކުރަން ހަމަޖެހިފައިވާއިރު ދުވަހުގެ ކުޅުން ނިންމާލުމަށް ހަމަޖެހިފައިވަނީ އެ ރޭ 9 ޖަހާއިރު އިންޑިއާ އަދި ޕާކިސްތާނު ބައްދަލުކުރާ މެޗުންނެވެ.