ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ހުޅުމާލޭގެ ބިމެއް 28.7 މިލިއަން ރުފިޔާއަށް ބައްލަވައިގެންފި އެވެ.
ފަލާހް ބައްލަވައިގަތީ ހުޅުމާލެ ފޭސް 2 ގެ 3،250 އަކަފޫޓުގެ އަމިއްލަ ބިމެކެވެ.
އެ ބިމުގެ އަގަކީ 26.6 މިލިއަން ރުފިޔާ އެވެ. ޖީއެސްޓީއާ އެކު ބިމުގެ އަގަކީ 28.7 މިލިއަން ރުފިޔާ އެވެ. އެ އަގު އެޗްޑީސީއަށް ފަލާހް އެއްކޮށް ދައްކާފައިވާތީ އެ ބިން ފަލާހަށް މިލްކުވެފައިވާ ކަމަށް ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވެ އެވެ.
ފަލާހްގެ މާލީބަޔާން ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން އާންމު ކުރިއިރު، ރ. އިންނަމާދޫގައި ވެސް ފަލާހްގެ ނަމުގައި ބިންތަކެއް ހުރެ އެވެ.
ފަލާހަށް އާމްދަނީގެ ގޮތުގައި ވެސް ފަސް މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބަޔާންތަކުގައި ވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!