ދިވެހިރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް)ގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުލް އެންޑޮސްކޮޕިކް ސްޕައިން ސާޖަރީއެއް ކާމިޔާބުކަމާއެކުކޮށް، މި ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ. އައި.ޖީ.އެމް.އެޗުން ބުނީ އެ ހޮސްޕިޓަލްގެ އެމް.ސީ.ޖީ.އެޗްގެ ނިއުރޯސަރޖަރީ ޑިޕާޓްމަންޓުން ވަނީ މި ސާޖަރީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި ސާޖަރީތަކުގެ ތެރޭގައި ފުލް އެންޑޮސްކޮޕިކް ޓްރާންސްފޮރަމިނަލް އަދި އިންޓަރލެމިނަރ ސަރޖަރީތައް ހިމެނެއެވެ. މިއީ ދިވެހިރާއްޖޭގެ...
ޔުމްނާ ޢަލީ
ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް ބާކީ ނުވާނޭ ފަދަ ދުނިޔެއެއް ބައްޓަންކުރުމަށް ދިވެހިރާއްޖެއާއެކު ޗައިނާއިން ކުރާ މަސައްކަތަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ތައުރީފް ކުރަށްވައިފިއެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޙައްޤުގައި ޗައިނާއިން އަދާކުރާ ދައުރު ފާހަގަކުރައްވައި، އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ ޗައިނާގެ 76 ވަނަ ޤައުމީ ދުވަހާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައ...
ޔުމްނާ ޢަލީ
ގައުމީ ތަރައްގީގެ މަޝްރޫއު އެކުލަވާލުމަށް މިހާތަނަށް 9 އަތޮޅެއްގެ 50 ރަށަކުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިފިއެވެ. ވިލުންތެރި ރާއްޖެ ޓީމުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާތަނަށް 5 އަތޮޅެއްގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި އައްޑޫ ސިޓީގެ 6 ރަށާއި، ފުވައްމުލައް ސިޓީ، ހއ. އަތޮޅުގެ 15 ރަށާއި، ވ. އަތޮޅުގެ 5 ރަށާއި، އދ. އަތޮޅުގެ 7 ރަށް ހިމެނެއެވެ. މިހާރު މަޝްވަރާތައް ކުރިއަށްދަނީ ގދ. އަތޮޅާއި، މ. އަތޮޅާއި، ލ. އަތޮޅު […]
އިބްރާހިމް އަސްވާޤް
ދިވެހިރާއްޖެ އިސްލާމްވި ހާދިސާ އަސްލަކަށް ބަލައިގެން، ކުޑަކުދީންނަށް އަމާޒުކޮށް ލިޔެފައިވާ ވާހަކައެއް އެކުވެރި އަރަބި އިމާރާތް، ޔުނެއިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ޝާރިޖާގައި ޝާއިޢުކޮށްގެން ނެރެފިއެވެ. މި ވާހަކަ ނެރެފައިވަނީ ޝާރުޖާގައި މި މަހުގެ 22 އިން 26 އަށް ބޭއްވުނު ޝާރުޖާ ނެރޭޓަރސް ފޯރަމް 2025 ގައެވެ. ޝާރުޖާގެ ހެރިޓޭޖު އިންސްޓިޓިއުޓުން ނެރުނު “މަލްދީފިއްޔަން ޖަޒީރަތުއްނޫރު” މި ނަމުގައި އަރަބި ބަހުން ލިޔެފައިވާ މި ވާހަކައިގެ މުސައްނިފަކީ ނޫރާ ޚައްޔާލެވެ. އޭނާ ވަނީ މި ވާހަކައިގެ ކޮޕީއެއް...
ޔުމްނާ ޢަލީ
ޤައުމީ ޤުރުއާން މުބާރާތުގެ އެކި ބައިތަކުން 1ވަނަ ހާސިލުކުރާ ފަރާތްތަކަށް ޕީއެޗްޑީއާ ހަމައަށް ބޭނުން ގައު ގައުމަކުން ކިޔެވުމުގެ ފުރުޞަތު ދެއްވުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢިއުލާންކުރަށްވައިފިއެވެ. ރައީސް މުޢިއްޒު މިކަން އިޢުލާން ކުރެއްވީ އެމަނިކުފާނުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވެފައިވަނީ މިއަހަރުން ފެށިގެން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ތިން ބައިން، އެއީ ނުބަލާ ކިޔެވުމުގެ ބައި، ބަލައިގެން ކިޔ...
ޔުމްނާ ޢަލީ
އައްޑޫ ސިޓީ ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ހިންގި މާރާމާރީގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވިފައިވަނީ މިދިޔަ ސެޕްޓެންބަރު 23 ވަނަ ދުވަހުގެ ރޭ 1:17 އެހައިކަށްހާއިރުއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ސަންރީފް، ޢަލީ އަސްޢަރު (30 އަހަރު) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ސެޕްޓެންބަރު 28 ވަނަ ދުވަހުއެވެ. މި މައްސަލައިގައި އަނިޔާ ލިބުނު 34 […]
އަލީ އާދިލް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކެއުޅުންނާ ބައްދަލުކުރައްވައި، މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި، ކެއުޅުން ވަނީ މަސްކިލޯއެއްގެ އަގު 20 ރުފިޔާއަށް ބޮޑުކުރުމާއި، އެންވެރިކަމުގެ ދަތިކަމާއި، ބީއެމްއެލް މެދުވެރިކޮށް ލޯނު ހޯދުމުގައި ދިމާވާ ދަތިތަކާއި، މަސްވެރިކަމުގެ ލައިސަންސްގެ މައްސަލަތަކާއި، މިފްކޯގެ ކައްޓާތައް ޑިޖިޓަލް ކައްޓާތަކަށް ބަދަލުކުރުންފަދަ މުހިންމު ކަންކަން ރައީސާ...
ޔުމްނާ ޢަލީ
ދިވެހި ފުލުހުންގެ ޚިދުމަތުގެ “ކޮންސްޓަބަލް” ވަޒީފާއަށް ވަނުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމަށް ހުޅުވާލަމުން ފުލުހުން މިއަދު އާއްމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުގެ ތެރޭގައި 18 އަހަރާއި 30 އަހަރާއި ދެމެދު، ފިރިހެނެއް ނަމަ އިސްކޮޅުން 5 ފޫޓް 3 އިންޗި ހަމަވާ، އަންހެނެއް ނަމަ އިސްކޮޅުން 5 ފޫޓު ހަމަވެފައި، އެސްއެސްއީ އަދި ޖީސީ އޯލެވެލް އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން “ސީ” ފާސް ހާސިލްކޮށްފައިވާ ނުވަތަ […]
އައިޝަތު އައިނީ އާމިރު
މިދިޔަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ލ. ކައްދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސލަ ފޮނުވައިފިކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، މުޙައްމަދު ނައުސާން (37އ) ގެ މައްޗަށެވެ. ފުލުހުން މައުލޫމާތުދިންގޮތުގައި، މި މައްސަލައާއި ގުޅިގެން އޮގަސްޓު 16 ވަނަ ދުވަހު އޭނާ […]
އައިޝަތު އައިނީ އާމިރު
މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން ރިޝްވަތު ހިފިކަން ސާބިތުވެ, އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ. ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު އެ ކުންފުންޏަށް ބައެއް ތަކެތި ގަތުމަށް ހަވާލުކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ ކުރި ހަތް ދައުވާގެ ތެރެއިން ދެ ދައުވާއެއް ވަނީ ސާބިތުވެފަ އެވެ. މައުމޫންގެ މައްޗަށް […]
ހުސައިން ހަބީބް
ދިވެހިންގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ މިހާތަނަށް 82 ރަށެއްގައި އޭޓީއެމް ހުޅުވައިފިކަމަށް އެބޭންކުން ބުނެފިއެވެ. މި ރަށްތަކުގައި ބެހެއްޓުނު އޭޓީއެމްތައް މެދުވެރިކޮށް މިހާތަނަށް 122،000 މުއާމަލާތް ކުރެވި، 313 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށް އެ ބޭންކުން މައުލޫމާތު ދީފައިވެއެވެ. ބީއެމްއެލްއިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މި އޭޓީއެމްތައް މެދުވެރިކޮށް ޖަމާކުރެވުނު ފައިސާގެ ޖުމުލަ އަދަދަކީ 145 މިލިއަން ރުފިޔާއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި...
އަލީ އާދިލް
ތިލަފުށީ ފަޅުގައި އަޅާފައި އޮތް ލޯންޗެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދާ ލޯންޗަކީ 18 މީހުންގެ ޖާގައިގެ “ލިޔޯ ފްލެސް” ނަމަކަށް ކިޔާ ލޯންޗެކެވެ. މި ލޯންޗު ގެއްލިފައިވަނީ ރޭ ދަންވަރު، ތިލަފުށީ ލިޔޯ ސައިޓުގައި އަޅާފައި އޮއްވައެވެ. މި މައްސަލަ މިހާރު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. “ތިލަދުން” އަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިފަދަ މައްސަލައެއް ހުށަހެޅިފައިވާކަމަށެވެ. އަދި މިމައްސަލަ ތަހުޤީގުކުރަމުންދާކަމަށެވެ. މި ލޯންޗާ ގުޅޭ އެއ...
އަލީ އާދިލް
އެފްއޭއެމްގެ ކުރީގެ ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުންތައް ނިމި, ހުކުމް އިއްވަން ތައްޔާރުވެއްޖެ އެވެ. ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ ދައުލަތުން ކުރަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ބައްސާމް ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން، ބައްސާމްގެ އެކައުންޓަކަށް ޖަމާކުރި މައްސަލާގަ އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އ...
ހުސައިން ހަބީބް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކްރެޑިޓް ކާޑުތަކުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު، 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކްރެޑިޓް ކާޑުން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަ...
ޔުމްނާ ޢަލީ
ދިރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންގެ ތެރެއިން 36 އިންސައްތަ މީހުންނަކީ ހިތުގެ ބަލީގައި މަރުވާ މީހުން ކަމަށް، ހެލްތް މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ. ދުނިޔޭގެ ހިތުގެ ދުވަސް 2025 އާއި ގުޅިގެން އާންމުކުރި ބަޔާނެއްގައި ހެލްތް މިނިސްޓްރީން ވަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހަކީ ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަސްކަން ފާހަގަކޮށްފައެވެ. އަދި މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދަކީ ހިތުގެ ދުޅަހެޔޮކަމާ ބެހޭ ގޮތުން ހޭލުންތެރިކަން […]
ޔުމްނާ ޢަލީ