ޕްރިންސިޕަލުންގެ މަހާސިންތާ ފަށައިފި
ސްކޫލްތަކުގެ އިސްވެރިން ނުވަތަ ޕްރިންސިޕަލުންނަށް ޚާއްސަކޮށްގެން ބާއްވާ މަހާސިންތާ މިއަދު ފަށައިފިއެވެ. މި މަހާސިންތާ އިފްތިތާހު ކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ މި މަހާސިންތާގައި 210 ޕްރިންސިޕަލުން ބައިވެރިވެވަޑައިގަންނަވައެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާއަކީ ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން ރަނގަޅުކުރުމަށްޓަކައި ބާއްވާ މަހާސިންތާއެކެވެ. ތަޢުލީމީ ވުޒާރާއިން...