ހއ. އިހަވަންދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އިދާރާއިން އިއުލާނުކޮށްފިއެވެ.
އިހަވަންދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަމުގައި ރަޖިސްޓްރީ ވުމަށް 12 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2 ގެ ކުރިން procurement@ihavandhoo.gov.mv އަށް މެއިލް ކުރުމަށް ނުވަތަ، ފޯނުން ރަޖިސްޓްރީވުމަށް 6500256 އަށް ގުޅުމަށެވެ.
މިގޮތުން މި މަސައްކަތައް އަންދާސީ ހިސާބު ހުށަހެޅުމަށް، އޭ 4 ސައިޒް ސިޓީ އުރައެއްގައި ބަންދުކޮށް " ހއ.އިހަވަންދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން" ލިޔުމަށް ފަހު، 19 އޮކްޓޯބަރ 2025 ވާ އާދިއްތަ ދުވަހު 11:30 ގެ ކުރިން އިހަވަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުމަށް އެ އިދާރާއިން އެދިފައިވެއެވެ.
މީގެ އިތުރުން އިހަވަންދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްކަމަށެވެ.
އެގޮތުން، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެކަމަށާއި، ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!