އޮމަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވި ފަޅުތަކުން މަންފާ ހޯދުމަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނަން: ރައީސް
އދ.އޮމަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވި އދ. ކުޑަދޫފަޅާއި، އަދި އަނެއް ދެ ފަޅުން މަންފާ ހޯދުމަށް ރައްޔިތުން ކުރާ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އދ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އޮމަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސްގެ ވަޢުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތީން، އޮމަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވި ފަޅުތައް އޮމަދޫ ކައުންސިލާ ވަނީ ރަސްމީކޮށް ހަވާލުކޮށްފ...