ސަރުކާރުން ހިންގަމުން އަންނަ އިސްލާމީ ދާއިރާގެ މަޝްރޫޢުތަކުގެ ތެރެއިން ބޮޑު 15 މަޝްރޫޢުއެއް އަންނަ ރޯދަ މަހުގެ ކުރިން ނިންމާލެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާގައި ވަޒީރާ ސުވާލުކުރުމުގެ ވަގުތުގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ކުރެއްވި ސުވާލަށް ދެއްވި ޖަވާބުދެެއްވަމުންނެވެ.
ޝަހީމްގެ ޖަވާބުގައި ވަނީ އިސްލާމީ ދާއިރާގެ މަޝްރޫޢުތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށް ވިދާޅުވެފައެވެ. މިގޮތުން ޕްރައިވެޓް ސެކްޓަރ ކުންފުނިތައް މަޝްރޫޢުތައް ނިންމުމަށް މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި 170 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރެވިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ،
''މާތްﷲ އިރާދަކުރެއްވިއްޔާ އިސްލާމީ ދާއިރާއިން ބޮޑު 15 މަޝްރޫޢުއެއް އަންނަ ރޯދަ މަހުގެ ކުރިން ނިމިގެންދާނެ'' ވަޒީރު ވިދާޅުވެފަވެއެވެ.
ވަޒީރު ވިދާޅުވީ އޭގެ ތެރޭގައި 700 މީހުންގެ ޖާގައިގެ މިސްކިތްތަކާއި 500 މީހުންގެ ޖާގައިގެ މިސްކިތްތަކާއި އަދި އިސްލާމީ މަރުކަޒުތައް ހިމެނޭކަމަށެވެ.
ވަޒީރު ވިދާޅުވިގޮތުގައި މަޝްރޫޢުތައް ހަމަމަގަށް އަޅުވައި ނިންމުމަށް ސަރުކާރުން ވަަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!