އަންހެނުންނަށް ހުނަރު ދަސްކޮށްދިނުމަކީ ބޮޑެތި ބަދަލުތައް ގެނުވާނެ ކަމެއް: ސާޖިދާ
އަންހެނުންނަކީ އިޖުތިމާޢީ އަދި ރަސްމީ ޚިދުމަތުގެ އިތުރަށް ގޭތެރޭގެ ވަރަށް ބޮޑު އަދި ބުރަ ޒިންމާތަކެއް އުފުލާ ބައެއް ކަމަށާއި، މިފަދަ ހުނަރުތައް ދަސްކޮށްދިނުމުން މުޖުތަމަޢަށް ބޮޑެތި ބަދަލުތައް އަންނާނެކަން ޔަޤީންކުރައްވާ ކަމަށް ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ސްޓެލްކޯއިން އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ”ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން” ގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުނ...