ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެ ގޮތަކަށް ނަމެއްގައި ކަމެއް ފަށަން ބޭނުމެއްނޫން: ރައީސް
ދެމެހެއްޓެނިވި ގޮތެއްގައި ނުކުރެވޭނެ ގޮތަކަށް ހަމައެކަނި ނަމެއްގައި ކަމެއް ފަށަން ބޭނުންފުޅު ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ރ. ދުވާފަރުގައި ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މަސްވެރިންގެ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ މެނިފެސްޓޯގައި ބަޔާންކޮށްފައި ހުރި ބައެއް ކަންކަމަކީ ފުރަތަމަ ދުވަހުން ފެށިގެން އެކަމަށް މަސައްކަތްކުރާ ކަންތައްތައް ކަމަށެވެ. އަދި ބައ...