ރ. ދުވާފަރުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް ބަހުގެ ޚިދުމަތް މިއަދު ފަށައިފިއެވެ.

މި ޚިދުމަތް އެރަށުގައި ފަށާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

Ad
rt

އެރަށު މި ޚިދުމަތް ފައްޓަވައި ދެއްވީ ވެސް ރައީސް މުޢިއްޒު އެވެ.

އާރްޓީއެލްގެ ޚިދުމަތް ސަރުކާރުން ފޯރުކޮށްދެނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

އެމްޓީސީސީން ދުވާފަރުގައި ބަހުގެ ޚިދުމަތްފެށިއިރު، އެ ކުންފުނިން އަންނަނީ އާބާދީ ބޮޑު އެކިރަށްރަށު މިޚިދުމަތް ދެމުންނެވެ. އަދި ރާއްޖޭގެ 12 އަތޮޅެއްގެ 94 ރަށް އާރްޓީއެލް ފެރީ ލޯންޗްގެ ޚިދުމަތުން ވަނީ ގުޅާލާފައެވެ.