މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 146 ވަނަ ޞަފްޙާ

ގެސްޓްހައުސް ޓޫރިޒަމް އިތުރަށް ހަރުދަނާކުރުމަށް މައުލޫމާތުއެއްކުރުމަށް ސާވޭއެއް ފަށައިފި

ގެސްޓްހައުސް ޓޫރިޒަމް އިތުރަށް ހަރުދަނާކުރުމަށް މައުލޫމާތުއެއްކުރުމަށް ސާވޭއެއް ފަށައިފި

ރާއްޖޭގެ ކޮމިއުނިޓީ ބެސްޑް ޓޫރިޒަމް (ގެސްޓްހައުސް ޓޫރިޒަމް) އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމުގެ މަޤްޞަދުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ ފުޅާ ދާއިރާއެއްގައި ސަރވޭއެއް ފަށައިފިއެވެ. މި ސަރވޭއަކީ ގެސްޓްހައުސް ދާއިރާގެ ކުރިމަގަށް ބޭނުންވާ މުހިއްމު މައުލޫމާތުތައް އެއްކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. ފަތުރުވެރިކަމާއި ވުޒާރާއިން ބުނިގޮތުގައި މި ސަރވޭގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ޓޫރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަށް އެހ...

ޔުމްނާ ޢަލީ
ގެވެށި އަނިޔާއާއި ޖިންސީ ކުށްތަކާ ގުޅޭ ގާނޫނީ އިޖްރާއަތުތަކަށް މެޖިސްޓްރޭޓުން އަހުލުވެރިކުރުމުގެ ތަމްރީނެއް

ގެވެށި އަނިޔާއާއި ޖިންސީ ކުށްތަކާ ގުޅޭ ގާނޫނީ އިޖްރާއަތުތަކަށް މެޖިސްޓްރޭޓުން އަހުލުވެރިކުރުމުގެ ތަމްރީނެއް

ގެވެށި އަނިޔާ އާއި ޖިންސީ ކުށްތަކާ ގުޅޭ ގާނޫނީ އިޖްރާއަތުތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މެޖިސްޓްރޭޓުން އަހުލުވެރިކުރުމުގެ ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މި ފަސް ދުވަހުގެ ތަމްރީނަކީ ޖެންޑާ މިނިސްޓްރީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)، އަދި ޔޫއެންޑީޕީ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ އެހީގައި ހިންގާ ‘އެއިމް’ ޕްރޮޖެކްޓްގެ ދަށުން ފެށި ޖުޑީޝަރީ ސެންސިޓައިޒޭޝަން ޓްރޭނިންގެ ދެވަނަ ބެޗެވެ. މި ތަމްރީނުގެ މައިގަނޑު މަޤުސަދަކީ...

ޔުމްނާ ޢަލީ
ސިނގިރޭޓް ބޮޑު ވައްކަން: 10 މީހަކަށް ދައުވާކޮށްފި

ސިނގިރޭޓް ބޮޑު ވައްކަން: 10 މީހަކަށް ދައުވާކޮށްފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ހުޅުމާލެ ބަނދަރުން ވަގަށް ނެގި 13.6 މިލިއަން ސިނގިރޭޓްގެ މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިރޭ ބުނެފިއެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޑިސެންބަރު 15، 2025 ގައެވެ. މި ވައްކަން ހިނގާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު އެވެ. މި ވައްކަމުގައި ދިވެހިރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް، މޯލްޑިވްސް ޕޯޓްސް […]

ޔުމްނާ ޢަލީ
ކުރިމަގުގައި ވެސް ޗައިނާގެ އެހީތެރިކަން ރާއްޖެ އަށް ލިބޭނެކަމުގެ ޔަގީންކަންދީފި

ކުރިމަގުގައި ވެސް ޗައިނާގެ އެހީތެރިކަން ރާއްޖެ އަށް ލިބޭނެކަމުގެ ޔަގީންކަންދީފި

ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ 14 ވަނަ ސްޓޭންޑިންގ ކޮމިޓީގެ ވައިސް ޗެއަރމަން، މިސްޓަރ ވޮންގް ޑޮންގްމިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް ކުރިއަށް އޮތް ތަނުގައިވެސް އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފިއެވެ. މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސް އޮފީހުނ...

ޔުމްނާ ޢަލީ
''ރިޒްހާން ހޯދައިދިނީ ކުޅުދުއްފުއްޓާއި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ތާރީޚީ ކާމިޔާބީއެއް''

''ރިޒްހާން ހޯދައިދިނީ ކުޅުދުއްފުއްޓާއި މުޅި ދިވެހި ޤައުމު ފަޚުރުވެރިވާ ތާރީޚީ ކާމިޔާބީއެއް''

ފުރަތަމަ ފަހަރަށް ޕަރަ ގޭމްސްއަކުން ރާއްޖެއަށް މެޑަލްއެއް ހޯދައިދިން ކުޅުދުއްފުށީ ދަރިވަރު މުހައްމަދު ރިޒްހާން މިއަދު ކުޅުދުއްފުއްޓަށް އައުމުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ރިޒްހާން މިއަދު ކުޅުދުއްފުއްޓަށް އައިއިރު، މި ދަރިވަރަށް މަރުޙަބާ ކިޔުމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި، ޑެޕިއުޓީ މޭޔަރު އަހުމަދު އަބުދުﷲ (ރޯޒޭ) އާއި ސިޓީ ކައުންސިލް މެމްބަރުންނާއި ހދ.އަތޮޅު ތައުލީމީ މަރުކަޒުގެ ވެރިންނާއި ދަރިވަރުން އެއާޕޯޓަށް ގޮސްތިއްބެވެ. އެއާޕޯޓުން ރިޒްހާނަށް ހޫނުމަރުޙަބާއެއް ކިޔައި ހި...

ޔުމްނާ ޢަލީ
ބޮންޑީ ބީޗުގައި ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ބޮންޑީ ބީޗުގައި ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އޮސްޓްރޭލިޔާގެ ސިޑްނީގެ ބޮންޑީ ބީޗުގައި ދިން ނިރުބަވެރި ޙަމަލާ ދިވެހި ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ. މި ލާއިންސާނީ ޙަމަލާގައި ބަޔަކު މަރުވެ، އެއްވެސް ކުށެއް ނެތް ގިނަ ބަޔަކަށް އަނިޔާ ލިބިފައިވާއިރު، މިފަދަ ޢަމަލުތަކަކީ ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫންކަމަށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެއެވެ. ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ދިވެހި ސަރުކާރުން ވަނީ މި ޙަމަލާގައި މަރުވި މީހުންގެ ޢާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަ...

ޔުމްނާ ޢަލީ
ތިން ސްޕާއެއް ބަންދުކޮށް ބިދޭސީން ހިންގަމުންދިޔަ ދެ ވިޔަފާރިއެއް ހުއްޓުވައިފި

ތިން ސްޕާއެއް ބަންދުކޮށް ބިދޭސީން ހިންގަމުންދިޔަ ދެ ވިޔަފާރިއެއް ހުއްޓުވައިފި

މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ހިންގަމުން އަންނަ ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ދެނެގަތުމާއި، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން މާލޭގައި ހުރި ތިން ސްޕާ/ސެލޫން ބަންދުކޮށް އަދި ބިދޭސީން ހިންގަމުން ދިޔަ ދެ ވިޔަފާރިއެއް ހުއްޓުވައިފިއެވެ. އިމިގްރޭޝަނުން ބުނިގޮތުގައި ސްޕާ/ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރޭ ވަނީ މާލޭގައި ހިންގަމުން...

ޔުމްނާ ޢަލީ
2.4 މިލިއަން ރުފިޔާގެ ޑުރަގު އަތުލައިފި

2.4 މިލިއަން ރުފިޔާގެ ޑުރަގު އަތުލައިފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި، ގާތްގަނޑަކަށް 2.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނި ގޮތުގައި، ރާއްޖެއަށް ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި 3 ކިލޯގެ ކެނަބިސް މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ވަނީ އެ އިދާރާއިން އަތުލައިގެންފައެވެ. މިގޮތުން ހިފެހެއްޓި މަސްތުވާތަކެތީގެ މަގުމަތީ އަގު 2.4 ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. މިތަކެތި އަތުލައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައ...

ޔުމްނާ ޢަލީ
ރައީސް ގަލޮޅާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސް ގަލޮޅާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ ގަލޮޅުގައި އުޅޭ ރައްޔިތުންނާއި ހުޅުމާލެ ފޭސް ދެއެއްގައި އުޅޭ ރައްޔިތުންނާއި ބައްދަލުކުރެއްވުން މި ހަފުތާގެ އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެކަމަށް ސަރުކާރުން ބުނެފިއެވެ. މިއީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ދެ ބައްދަލުވުމެކެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު...

ޔުމްނާ ޢަލީ
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ރާއްޖެ އަށް 400،000 ޑޮލަރުގެ ހިލޭ އެހީ

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ރާއްޖެ އަށް 400،000 ޑޮލަރުގެ ހިލޭ އެހީ

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން ރާއްޖޭގެ ސިއްހީ ދާއިރާއަށް 400،000 ޑޮލަރު (ގާތްގަނޑަކަށް 6.1 މިލިއަން ރުފިޔާ) ގެ ހިލޭ އެހީއެއް ހަދިޔާކޮށްފިއެވެ. މި އެހީ ދިނުމުގެ މަޤްޞަދަކީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވުމެވެ. ސިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެހީ ދެއްވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ފޯރަމުގައި، ޑަބްލިއުއެޗްއޯގެ އެޗްއައިއައިޕީ ޕ...

ޔުމްނާ ޢަލީ
ރައީސް ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރަށްވަނީ

ރައީސް ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރަށްވަނީ

ރައީސް ޑ. މުހައްމަދު މުޢިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރަށްވައްވަން ހަމަޖެހިފައިވާކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި ބައްދަލުކުރެއްވުން އޮންނާނީ ޑިސެންބަރު 17 ވާ ބުދަ ދުވަހުގެރޭ، މާލޭ ސޯޝަލް ސެންޓަރުގައި ކަމަށެވެ. މި ބައްދަލުކުރެއްވުމަކީ، ރައީސް މުޢިއްޒު ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައި، ރައްޔިތުން ކަންބޮޑުވާ ކަންކަން ޙިއްސާ ކުރައްވައި، އަދި ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށްޓ...

ޔުމްނާ ޢަލީ
މިފްކޯއަށް ގަންނަ ކިލޯއަކަށްވުރެ ބަރު މަހަށް މަތީއަގު، މަސްވެރިންނަށް ތެޔޮ ވިއްކާ އަގަށް ހެޔޮ ބަދަލެއް

މިފްކޯއަށް ގަންނަ ކިލޯއަކަށްވުރެ ބަރު މަހަށް މަތީއަގު، މަސްވެރިންނަށް ތެޔޮ ވިއްކާ އަގަށް ހެޔޮ ބަދަލެއް

މިއަދުން ފެށިގެން، މިފްކޯއިން މަސް ގަންނާނީ 1 ކިލޯ ނުވަތަ އެއަށްވުރެ ބަރު މަހަށް އެންމެ މަތީ އަގު ދޭގޮތަށްކަމަށާއި އަދި އެ ކުންފުނިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށްކަމަށް ރައީސް މުހައްމަދު މުޢިއްޒު ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ދުވާފަރުގައި ބޭއްވެވި، ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މިޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މަސްވ...

ޔުމްނާ ޢަލީ
މަސްވެރިކަމުގެ ދާއިރާގެ އިނާމު 32 ފަރާތަކަށް

މަސްވެރިކަމުގެ ދާއިރާގެ އިނާމު 32 ފަރާތަކަށް

މަސްވެރިކަމުގެ ސިނާޢަތުގައި ފާހަގަކޮށްލެވޭ ނަތީޖާތައް ހޯދާފައިވާ ފަރާތްތަކާއި އަގުހުރި ޚިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ދޭ އިނާމު 32 ފަރާތަކަށް ރޭ ދީފިއެވެ. ރ. ދުވާފަރުގައި ރޭ ކުރިއަށް ދިޔަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި މި އިނާމްތައް ދީފައިވާއިރު، ރޭ އިނާމް ދިން ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، 2023 ވަނަ އަހަރު އިނާމު ލިބޭ 18 ފަރާތާއި، 2024 ވަނަ އަހަރު އިނާމު ލިބޭ 14 ފަރާތެވެ. ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޝަރަފްވެރިކޮށްދެއްވި މި ޖަލްސާގައި […]

ޔުމްނާ ޢަލީ
ކޯލްޑް ސްޓޯރޭޖާއި ފާނައިގެ ޚާއްޞަ ފެސިލިޓީއަކާއެކު ކަނދޮޅުދޫގައި މަސް ކިރޭނޭ ރަނގަޅު ފެސިލިޓީއެއް

ކޯލްޑް ސްޓޯރޭޖާއި ފާނައިގެ ޚާއްޞަ ފެސިލިޓީއަކާއެކު ކަނދޮޅުދޫގައި މަސް ކިރޭނޭ ރަނގަޅު ފެސިލިޓީއެއް

ރ. ކަނދޮޅުދޫގައި ކޯލްޑް ސްޓޯރޭޖަކާއި، ފާނަ ޕްރޮސެސްކުރާ ފެސިލިޓީއަކާއެކު މަސްކިރުވާ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރ. ދުވާފަރުގައި ހޮނިހިރު ދުވަހުގެ ރޭ ކުރިއަށްދިޔަ ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ. ފިޝަރީޒް މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ތްރީ ވޭ އެންޓަޕްރައިސެސް ޕްރައިވެ...

ޔުމްނާ ޢަލީ
މަސްވެރިންގެ ދުވަސް: ވަޒީރުންނާއި އެމްޑީން ބައިވެރިވި މަސްކެނޑުމުގެ މުބާރާތް ވަރަށް ފޯރިގަދަ

މަސްވެރިންގެ ދުވަސް: ވަޒީރުންނާއި އެމްޑީން ބައިވެރިވި މަސްކެނޑުމުގެ މުބާރާތް ވަރަށް ފޯރިގަދަ

ރ. ދުވާފަރުގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ ސަރުކާރުގެ ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ އެމްޑީން ބައިވެރިވެވަޑައިގަތް މަސްކެނޑުމުގެ މުބާރާތެވެ. މި މުބާރާތް ބައްލަވާލައްވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ވެސް ވަނީ ވަޑައިގެންފައެވެ. މަސްވެރިންގެ ދުވަހާއި ގުޅިގެން ދުވާފަރުގައި ކުރިއަށް ދިޔަ އެކި މުބާރާތްތަކުގެ ތެރެއިން އެންމެ ފަހު މުބާރާތެއްގެ ގޮތުގައި ބޭއްވުނު، މަސްކެނޑުމުގެ މުބާރ...

ޔުމްނާ ޢަލީ