ކޮންމެ އަހަރަކު މޯލްޑިވް ގޭހުގެ ދެ މުވައްޒަފުން ހައްޖަށް ފޮނުވަނީ!
އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މޯލްޑިވް ގޭހުގެ ދެ މުއައްޒަފުންނަށް ހައްޖު ދަތުރު ދޭން ނިންމައިފިއެވެ. މިކަން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ، އެ ކުންފުންޏަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި، ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ހާއްސަ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމް ވިދާޅުވީ، މޯލްޑިވް ގޭހުގެ މުވައްޒަފުންނަކީ އެ ކުންފުނީގެ އެންމެ ބޮޑު ރައުސުއްމާލު ކަމަށާއި، އެހެންކަމުން މުވައްޒަފުންގެ ކުރިއެރުމަށް އެކުންފުނިން ގިނަ ހަރަކާތް...