ލާމަރުކަޒީ ކުރުމަށްޓަކައި، ފުރަތަމަވެސް ކުރަންވީ ކަމަކީ ބަޖެޓް ލާމަރުކަޒީ ކުރުންކަމަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރ އަލްއުސްތާޛް އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މެންބަރު އަލީ މިހެން ވިދާޅުވީ، ކުރައްވާފައިވާ ޓުވީޓެއްގައެވެ. ޓްވީޓްގައި އަލީ އިތުރަށް ވިދާޅުވެފައިވަނީ ބަޖެޓުގެ އިންވެސްޓްމަންޓްގެ ބައިން ކޮންމެ ބޮލަކަށް ޖެހޭ މިންވަރު އެމީހަކު ނިސްބަތްވާ ރަށަކަށް ޚަރަދުކުރަންވީ ކަމަށާއި، ހުރިހާ ފައިސާއެއް އެއްދިމާއަކަށް އޮއްސާލީމައި މަރުކަޒީ ފަންވަރު އިތުރުވެ ތޮއްޖެހުން އިންތިހާއަށް އިތުރުވާނެކަމަށެވެ.

Ad
rt

މެންބަރު އަލީ ފާހަގަ ކުރެވިފައިވަނީ ރައްޔިތުންގެ މަޖިލިސް މެންބަރުން ތެރެއިން އަބަދުވެސް ރައްޔިތުންގެ ހައްޤުގައި ޙާއްސަކޮށް ލާމަރުކަޒީ ނިޒާމާއި މާލެ ތޮއްޖެއްސުމާއި ދެކޮޅަށް ވާހަކަ ދައްކަވާ މެންބަރެއްގެ ގޮތުގައެވެ.