ފޮރިން ސަރވިސްގެ ބިލާއި ބެހޭގޮތުން ޚާރިޖިއްޔާގެ އިސް ބޭފުޅުންނާއިއެކު މަޝްވަރާކުރައްވައިފި
ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ފޮރިން ސަރވިސްގެ ބިލާއި ބެހޭ ގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ފޮރިން މިނިސްޓްރީގެ އިސްވެރިންނާއިއެކު މަޝްވަރާކުރައްވައިފިއެވެ. ހޮނިހިރު ދުވަހު ބޭއްވި މި ބައްދަލުވުމުގައި މިހާރު ޑްރާފްޓްކޮށްފައިވާ ފޮރިން ސަރވިސްގެ ބިލާއި ބެހޭ ގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް، އިތުރަށް ގެންނަން ފެންނަ ބަދަލުތަކާއި ބެހޭ ގޮތުން މިނިސްޓަރަށް ލަފާ އެރުވުނެވެ. ފޮރިން ސަރވިސްގެ ޤާނޫނެއް އެކުލަވާލައި، ދައު...