ދަނޑުވެރިކަމަށް ބޭނުން ކުރާ ޕެސްޓިސައިޑް ގެ ތެރެއިން ހުއްދަދެވޭނެ އަދި ހުއްދަނުދެވޭނެ ޕެސްޓިސައިޑްގެ ލިސްޓް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްތިކަލްޗަރއިން އާންމުކޮށްފިއެވެ.

އެފަރާތުން އާންމުކުރި އިޢުލާނުގައި ބުނެފައިވަނީ ދަނޑުވެރިކަމުގައި ބޭނުން ކުރެވޭ ޕެސްޓިސައިޑް އެތެރެކުރުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ދޫކުރާ ހުއްދަދެވޭ ޕެސްޓިސައިޑް އަދި ހުއްދަ ނުދެވޭ ޕެސްޓިސައިޑް އެތެރެކުރާފަރާތް ތަކުގެ މައުލޫމާތަށްޓަކައި ޢާއްމު ކުރާކަމަށެވެ.

Ad
rt

އެހެން ކަމުން ޕެސްޓިސައިޑް އެތެރެކުރުމުގައި ކުރިމަތިވެދާނެ ދަތިތަކުން ދުރުހެލިވުމަށްޓަކައި ރާއްޖެއަަށް ޕެސްޓިސައިޑް އެތެރެކުރުމަށް އެދި ހުށަހެޅުމުގެ ކުރިންނާއި އެތެރެކުރުމުގެ ކުރިން ލިސްޓް ބެލުމަށް ސަމާލުވުމަށް އެފަރާތުންގެ އިއުލާނުގައި ވަނީ ބުނެފައެވެ.