މިނިސްޓްރީ އޮފް އެންވާރްމެންޓްގެ ފަރާތުން އައްޑޫސިޓީ ހިތަދޫގައި ކުރިއަށް ގެންދާ ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢު "ސްމޯލް ސްކޭލް ވޭސްޓް ޓު އެނަރޖީ" ޕްރޮޖެކްޓު ފެށުމުގެ ގޮތުން މިއަދު ކިކްއޮފް މީޓިންގ ބާއްވައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ދެކުނުގެ އަތޮޅުތަކުގައި އުފެދޭ ކުނި މެނޭޖްކުރުމަށްޓަކައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މި ފެސިލިޓީއަށް ޖަމާކުރެވޭ ކުނި ބޭނުންކޮށްގެން 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެކަމަަށް އެފަރާތުން މައުލުމާތު ދެއެވެ.

މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުއެވެ.