މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކާއި މެދު ޤާނޫނީ ފިޔަވަޅު އަޅުއްވަން މިސަރުކާރުން ފަސްނުޖެހޭނެކަން ޔަޤީންކަމަށް މައްސޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ލާދީނީ ޓެރަރިސްޓް އެމްޑީއެން އާއި މެދު ފިޔަވަޅެއް ނޭޅުއްވީ ކީއްވެތޯވެސް ސުވާލު ކުރައްވާފައެވެ. ދެވަނަ ދައުރަކަށް ރައީސް ޔާމީން ހޮވައިދީފިނަމަ ފިޔަވަޅު އަޅަންތޯވެސް ޑރ އިޔާޒު ސުވާލު ކުރެއްވިއެވެ. ޑރ އިޔާޒު މިގޮތަށް ސުވާލު ކުރެއްވީ "އަންނަނީ އަންނަނީ" ގެ ނަމުގައި ރޭ ޕްރޮގްރަސިވް ކޯލިޝަނުން ބޭއްވި އެއްވުމުގައި ރައީސް ޔާމިން ދެއްކެވި ވާހަކަފުޅަކަށް އިޝާރާތް ކުރައްވައެވެ.

Ad
rt

ރޭ ބޭއްވި އެއްވުމުގައި ރައީސް ޔާމީން ވަނީ ރައީސް ސޯލުހްގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެމްޑީއެން އާއިމެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ގާބިލްކަން މި ސަރުކާރުގައި ނެތް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ހުރިހާ ސިޔާސީ ލީޑަރުން އެކަމާ ދެކޮޅަށް ތެދުވާން ޖެހޭނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޑރ އިޔާޒު އިތުރަށް ވިދާޅުވީ މޮޅު ވާހަކަ ދެއްކުމަކީ ވަރަށް ފަސޭހަކަމެއް ކަމަށާއި ނަމަވެސް ކަމަކާއި ހަވާލުވެ އެކަން ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ރައީސް ޔާމީންއަށް ރައްދު ދެއްވައި ޑރ އިޔާޒު ކުރެއްވި ޓްވީޓް

ޑރ އިޔާޒަކީ ރައީސް ސޯލިހްގެ ސަރުކާރު ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވެވި އަދި ރިޔާސީ އިންތިހާބު ދުވަސްވަރުވެސް އޭގެ ފަހުންވެސް ރައީސް ސޯލިހް އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަމުން ގެންދަވާ ދީނީ އިލްމުވެރިއެކެވެ.