މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ރާއްޖެ

16,836 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1088 ވަނަ ޞަފްޙާ

އެމްއެންޑީއެފްއިން ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

އެމްއެންޑީއެފްއިން ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

އެމްއެންޑީއެފް ނޮދަން އޭރިއާއިން ރ.ދުވާފަރުގައި ހިންގި މޫދު ކަސްރަތު ޕްރޮގްރާމް “ދުޅަހެޔޮ ހަށިހެޔޮ” ނިމާލައިފިއެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ދުވާފަރުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަރ ކާނަލް އިސްމާޢީލް ޝަރީފެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަ ކުރި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާން ކާނަލް އިސްމާޢީލް ޝަރީފް ވަނީ...

އިބްރާހިމް އަސްވާޤް
ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށް ޒިޔާރަތްކުރެއްވުމުގެ ޕްރޮގްރާމެއް ރައީސް ފަށްޓަވައިފި

ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށް ޒިޔާރަތްކުރެއްވުމުގެ ޕްރޮގްރާމެއް ރައީސް ފަށްޓަވައިފި

ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތް ކުރިޔަށްދާ މިންވަރު ބައްލަވައިލެއްވުމަށާއި، މުވައްޒަފުންނާ ބައްދަލުކޮށްލެއްވުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދެވުމަށް ރާއްވަވާފައިވާ ޕްރޮގްރާމްގެ ދަށުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަ...

އިބްރާހިމް އަސްވާޤް
ފުރަތަމަ 100 ދުވަސް ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް އެޅުނު- ރައީސް

ފުރަތަމަ 100 ދުވަސް ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް އެޅުނު- ރައީސް

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް އެޅުނު ކަމަށް ރައީސް އިބްރާހިމް ޞާލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ އެންޓިކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެންޓިކޮރަޕްޝަން ކޮމިޝަނުން ޝާއިއު ކުރާ “ބިތުފަންގި” ބުލެޓިންގެ ހާއްސަ އަދަދަށް ރައީސުލްޖުމްހޫރިއްޔާ ދެއްވެވި ޚިތާބުގައެވެ. ރައީސް ވިދާޅުވީ، “ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން”ގެ ސިޔާސަތުގެ ދަށުން، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން އާންމު ކުރަން ވަނ...

މަރްޔަމް ސިމާނާ

ހަތް ރަށެެއްގެ ބަނދަރު ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި

ރާއްޖޭގެ ހަތް ރަށެެެއްގެ ބަނދަރުހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސަޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްފިއެވެ. ސަރުކާރާއެކު މިއަދު ވެވުނު އެެެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކޮށްފައިވަނީ ޑިރެކްޓަރ އޮފް ޕްލޭނިންގ ގެ ފާތިމަތު ޝަނާ ފާރޫޤްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކޮށްފައިވަނީ ސީއީއޯ، ޝާހިދު ހުސެން މޫސާއެވެ. މިއެއްބަސްވުމުގެ ދަށުން އދ. މަންދޫ ބަނދަރު ޑިޒައިން ކޮށް ތަރައްގީ ކުރުމަށް 37,358,709 ރުފިޔާ ހަރާދުވާނެއެވެ. ދ. ހުޅުދެލި ބަނދަރު އިތުރަށް ތަރަ...

މަރްޔަމް ސިމާނާ
މޯލްޑިވިއަންގެ ހާއްސަ އެހީއަށް ބޭނުންވާ މުވައްޒަަފަކު ކީރިތި ޤުރުޢާން ހިތުދަސްކޮށްފި

މޯލްޑިވިއަންގެ ހާއްސަ އެހީއަށް ބޭނުންވާ މުވައްޒަަފަކު ކީރިތި ޤުރުޢާން ހިތުދަސްކޮށްފި

ދިވެހި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ކުންފުނީގެ އިދާރީ ބައިގައި މަސައްކަތް ކުރަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ މަރިޔަމް މާހް ކީރިތި ގުރުއާން ހިތުދަސް ކޮށްފިއެވެ. މިކަމާ ގުޅިގެން މޯލްޑިވިއަނުން ކުރި ޓްވީ ޓްގައި ބުނެފައިވަނީ އުފާވެރިދުވަހެއް.! އަޅުގަނޑުމެންގެ މުވައްޒަފު މަރިޔަމް މާހް ޤުރުއާން ހިތުދަސްކުރުމާއި ގުޅިގެން މަރުހަބާއާއި ތަހުނިޔާ އަރިސް ކުރަން. މީގެ އިތުރުން އެފަރާތުންވަނީ މާހްގެ މިކާމިޔާބީ ފާހަގަކޮށް، ކުޑަ ހަފްލާއެއް ބާއްވައި މާހްއަށް ހިތްވަރުދީ މަރުހަބާ ކިޔައިފައެވެ....

ފާތިމަތު ސިނާޒާ
މޯލްޑިވްސް ހިއުމަނަ ރައިޓްސް ޕޯޓަލް އިފްތިތާހު ކޮށްފި

މޯލްޑިވްސް ހިއުމަނަ ރައިޓްސް ޕޯޓަލް އިފްތިތާހު ކޮށްފި

ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ހިއުމަނަ ރައިޓްސް ޕޯޓަލް އިފްތިތާހު ކޮށްފިއެވެ. މިޕޯޓަލް އިފްތިތާޙުކޮށްދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ. އެޗްއާރްސީއެމް އާއި އެޓާރނީ ޖެނެެރަލް އޮފީސް ގުޅިގެން ތައްޔާރުކޮށްފައިވާ މި ޕޯޓަލް ފަރުމާ ކުރުމަށްޓަކައި ޑެންމާކު އިންސްޓިޓިއުޓް އޮފް ހިއުމަން ރައިޓްސް (ޑީ އައި އެޗް އާރް) ގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮ...

މަރްޔަމް ސިމާނާ

މޯލްޑިވްސް ޓްރެވެލް އެވޯޑްސް މިފަހަރު ކްރޮސް ރޯޑުގައި

މި އަހަރުގެ “މޯލްޑިވްސް ޓްރެވެލް އެވޯޑްސް” ކްރޮސް ރޯޑުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ. ޑިސެމްބަރު 19 ވަނަ ދުވަހު ބާއްވާ މި ހަފްލާގައި 200 އަށްވުރެ ގިން ފަތުރުވެރިކަމުގެ ދާއިރާގައި އުޅޭ ފަރާތްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަފްލާގައި ގާލާ އެޑިޝަންގެ25 ކެޓެގެރީ އަކުން އެވޯޑް ދެއެވެ. މިއީ ރިސޯޓް ތަކާއި އެއާލައިންތަކަށް ހާއްސަކޮށް ދެވޭ އެވޯޑެކެވެ. ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ މަސައްކަތާއި ކުރިއެރުން ފާހަގަ ކުރުމުގެ ގޮތުން ދޭ މި […]

މަރްޔަމް ސިމާނާ
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ! ސަމާލުވާން އެޗްޕީއޭ އިން އިލްތިމާސްކޮށްފި

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ! ސަމާލުވާން އެޗްޕީއޭ އިން އިލްތިމާސްކޮށްފި

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ. އެޗްޕީއޭ އިން ބުނީ ބޭރަށް ހިންގުން ކަމަށް ބެލެވެނީ 24 ގަޑިއިރު ތެރޭގައި 3 ފަހަރަށްވުރެ ގިނައިން ދިޔާކޮށް ބޮޑުކަމު ދެވުމުން ކަމަށެވެ. ބޭރަށް ހިންގާނަމަ ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފަ އެވެ. އޯއާރއެސް އަދި ދިޔާތަކެތި ބޭނުންކުރުމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެގޮތުން ގިނަގިނައިން ލޮނުޕެކެޓް، […]

އިބްރާހިމް އަސްވާޤް
ނޫމަޑި މައްސަލައިގައި ޑރ. މުޢިއްޒު ޢަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގަން އެދެފި

ނޫމަޑި މައްސަލައިގައި ޑރ. މުޢިއްޒު ޢަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގަން އެދެފި

ނޫމަޑި މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެދިއްޖެ އެވެ. ނޫމަޑި މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެދިއްޖެއެވެ. ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ބުނީ ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ...

އިބްރާހިމް އަސްވާޤް
އިނގިރޭސި ސަފީރު އައްޑޫސިޓީގެ އިމާމުންނާ ބައްދަލުކުރައްވައި ދަތިތައް އޮޅުންފިލުވަައިފި

އިނގިރޭސި ސަފީރު އައްޑޫސިޓީގެ އިމާމުންނާ ބައްދަލުކުރައްވައި ދަތިތައް އޮޅުންފިލުވަައިފި

އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހަރ އެކްސެލެންސީ ކެރޮން ރޮސްލާ އައްޑޫސިޓީގެ ހުކުރު ކުރާ މިސްކިތްތަކުގެ އިމާމުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. އިނގިރޭސި ސަފީރުގެ މިބައްދަލުވުމަކީ އިމާމުންގެ މަސައްކަތް ކުރިއަށްދާގޮތް އޮޅުންފިލުއްވުމަށާއި މުޖުތަމަޢުގައި އެމީހުންގެ ދައުރު އަދާކުރާގޮތާއި ހުރި ދަތިތައް އޮޅުންފިލުއްވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެކެވެ. މިބައްދަލުމުގައި ޒުވާނުން ނޭދެވޭ ކަންކަމަށް އަރައިގަނެ ކުށް ކުރުމަށް ދިމާވާ ސަބަބުތަކާ ގުޅޭގޮތުން ސަފީރު މަޢުލޫމާތު ހޯ...

ޔުމްނާ ޢަލީ
އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ ސަރުކާރާއި އަމިއްލަ ކުންފުނިތައް އެއް މިސްރާބަކަށް އަމާޒު ހިފައިގެން- ރައީސް

އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ ސަރުކާރާއި އަމިއްލަ ކުންފުނިތައް އެއް މިސްރާބަކަށް އަމާޒު ހިފައިގެން- ރައީސް

ހީނަރުވަމުން އަންނަ މަސްވެރިކަމުގެ ޞިނާޢަތް ފުޅާކޮށް، ރާއްޖޭގެ އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ، ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި، ވިޔަފާރިތައް އަތާ އަތް ގުޅާލައި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ހުޅުމާލޭގައި ހުންނަ އެންސިސްގެ 100-ޓަނުގެ އައިސް ޕްލާންޓާއި އެންސިސް މަސް ކާރުޚާނާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނ...

އިބްރާހިމް އަސްވާޤް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމް ހުސްވެފައިވާތީ، ހުސްވެފައިވާ މަގާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ސަރުކާރުން މިއަދު ހުޅުއްވާލައްވައިފިއެވެ. މި ފުރުޞަތު ހުޅުއްވާލައްވާފައި ވަނީ މިއަދުން ފެށިގެން 16 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00ގެ ނިޔަލަށެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presiden...

އިބްރާހިމް އަސްވާޤް
ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވާނަމަ ޙިއްޞާކުރެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވާނަމަ ޙިއްޞާކުރެއްވުމަށް ރައީސް އިލްތިމާސްކުރައްވައިފި

ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މަޤާމެއްގައި ހުރި އެއްވެސް މުވައްޒަފަކު، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް ޚިޔާނާތްތެރިވާ ނަމަ، އެކަން ސިއްރުނުކޮށް، ކަމާ ގުޅޭ އިދާރާތަކާ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގެ ތަހުނިޔާ ވިދާޅުވެ ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި، ޤައުމެއްގެ މުއްސަ...

އިބްރާހިމް އަސްވާޤް
ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ތަޞްދީޤު ކުރައްވައިފި

ރައީސްކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ތަޞްދީޤު ކުރައްވައިފި

މިދިޔަ ޑިސެންބަރު މަހުގެ 2 ވީ ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 73 ވަނަ ޖަލްސާއިން ފާސްކުރެއްވި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. ޤާނޫނު ނަންބަރު 9/2009 ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤް ކުރެއްވުމާ ގުޅިގެން...

ޔުމްނާ ޢަލީ

ޖެނުއަރީ މަސްތެރޭގައި ލައިފްގާޑުންގެ ޚިދުމަތް ދޭންފަށަނީ

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ 19 ރަށެއްގައި ލައިފްގާޑުންގެ ޚިދުމަތްދޭން ފަށާނެކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް ގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވެއްޖެއެވެ. އައްސަދު ރިޒާ އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ “ފަލަސުރުޚީ” ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ރާއްޖޭގެ ލޯކަލް ޓޫރިޒަމް ފުޅާ ކުރުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މީގެ އިތުރުން ފަތުރުވެރިންނަށް ދިމާވާ އެކިއެކި ޙާދިސާތައް މަދު ކުރުމަށް އެފަރާތުން ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ...

ފާތިމަތު ސިނާޒާ